ދާދީ ކުޑަ ކުޑަ ހިނދުކޮޅެއްގެ މުސާފިރެއް އިންސާނަކީ
ލާ ދެތިން ނޭވާ ޙަޔާތުގެ ދުންޔަވީ އޮތް މިލްކަކީ
ދިރިއުޅޭ މިތަނުގެ ބައެއް މީހުން ގުނބޯ ފަދަ އެބަ ފެނޭ
ދިރިމެޓާ ގެ އިޝާރާތެއް ކޮށްލާއިރަށް އެ ނަށައިގަނޭ
ކިރިޔަކިރިޔާ ވަކިނުވާ ބަލި ވާފަށެއް މި ޙަޔާތަކީ
މުޅި އުމުރު ފުރަނީ ތިބާ ހަޑިހުތުރު އަމަލާ ކުށްތަކުން
ކުޅިވަރާއި ހަގީގަތެއް ނެތް ދުންޔަވީ މި އެދުން ތަކުން
މުޅި ޙަޔާތުގެ ހޮޅި އެދުންހޭ ޒީނަތުގެ ގަހަނާ އަކީ
ފެންނަފަށުގައި ދުންޔަވީ ބާޒާރުގައި ބަލަ ހުންނަނީ
އެންމެ ގާތުން އަތުޖެހޭން މަރު ކަން ޔަގީން ކަށަވަރު ވަނީ
ފެންފޮދެއްގެ އަގަށްވުރެން ލޭ އަގުނެތުން ހައިރާނަކީ
މޮޑެވި ވެއްޔާ އެކުވެދާނޭ ކޮންމެވެސް އެއްދުވަހަކުން
އަޑުއިވޭފަށުގައި ނުހުންނާނޭ އެކަކުވެސް އޭރަކުން
ތަނޑުތަކުން މާ ވަކިވެ ވަސް ނެތި ވެއްޓުމޭ ތަޤުދީރަކީ