Support Us

ދެހިތެއްގެ ދެމެދު

لن تراني ގެ އުސޫލެއް ނުވެއޭ ސުލްހަ މިތާ
ވަންތަކަން ލޮބުވެތި ރަސްކަން ކުރަނީ ހިތުގަ ހިތާ

އެންދުމުން ޝައްކުގެ އަލިފާން ހިތުގާ ނުނިވި އަނދާ
ގެންދެއޭ ދުރުކުރަމުން ރޫޅި ވިއުގަ ހިތުގެ ހިތާ

ބަސްމަގުން ހިތްތޮރުފާ ތީރުތަކުން ވިހަ ފޮނުވާ
ލަސްތަކެއް ނުވެ ނިއުޅޭ ލޯބި ހިތާ ހިތުގެ ގިތާ

ކަންކަމަށް ވަރިހަމަވާ ފަރުވާ ނެތް ހާލަތުގާ
ރަންކުލައިން ދިއްލުނު ލޯ ނިވި ބަނަވޭ މޫނު ނިތާ

ޚާއިނީ އެންމެ ނުބައި ޒަހަރުގެ ކޯވަރު ދެންޏާ
މާލަހެއް ނުވެ ވިރި އަނެކާގެ ދެއޭ ލަގޮނޑި ފިތާ

ވެއްޓި ބާޒީތަކުގައި ދާނަމައީ އެންމެފަހުން
ވެއްޓި ރަންކުލަ އުމުރަށް އޮފުކެނޑިދޭ މުތުގެ އިތާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *