Support Us

ފައްޔާޒުގެ އިތުބާރުނެތްކަމުގެ މައްސަލައަކީ ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކުރާ ކަމެއް: ޝިޔާމް

އިކޮނޮމިކް މިނިސްޓަރު ފަޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުމަކީ ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކުޅޭ ޑްރާމާއެއްގެ ގޮތުގައި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު ޕީ.ޕީ.އެމްގެ އަހްމަދު ޝިޔާމް ސިފަކުރައްވައިފިއެވެ.

ޕީޕީއެމްގެ ނައިބް ރައީސްކަން ކުރައްވާ ޝިޔާމް ވިދާޅުވި ގޮތުގައި އިކޮނޮމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅުވައިގެން އެކަން އެގޮތަށް ކުރަނީ ސަރުކާރުގެ ނާގަބިލްކަން ފޮރުވުމަށް ކަމަށެވެ.

"ސަރުކާރުގެ ނާގާބިލްކަމުގެ ނާޖާއިޒް ފައިދާ ނަގާ ބައެއްގެ ދަންމަޅިތަކެއްގެ ބޮޑު ބޮޑުބޮޅެއް އިތުރުވާތީ ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކުރާ ކަމެއް އެއީ،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުން ހޭލަންވެއްޖެ ކަމަށާއި ގައުމުގެ މިސްރާބު ނުކިިއްސަރު ކަމަށެވެ.

ސަރުކާރުގެ ތެރޭގައި ނުފޫޒް ގަދަ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރުނެތްކަމުގެ ވޯޓްނެގުމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށްޓަކައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މަސައްކަތްކުރަމުން ގެންދަވާއިރު އެކަމުގައި އެންމެ އިސްކޮށް ހުންނެވީ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެވެސް ރައީސް މުހައްމަދު ނަޝީދު ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ވަނީ މަޢުލޫމާތު ލިބިފައެވެ.

ސަރުކާރު ފެން ހިފަހައްޓާލުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރަމުންދާ އިގްތިސާދީ ވަޒީރު މަގާމުން ނަގައި އެއްލާލުމަށް އެމްޑީޕީގެ ޕީޖީގެ ތެރެއިން އެއް ބަޔަކު މަސައްކަތް ކުރަމުން އަންނައިރު އޭނާ ދިފާއު ކުރުމަށްވެސް ސަރުކާރުގެ ތެރެއިން ވަރުގަދަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *