ޙަޔާތުގެ ހުވަފެނީ ގޯއްޗާ ތިމާ އަބަދަށް ދުރަށް ލެވެޔޭ
ވަޔާ ވައިރޯޅި ދޭ ފިނިކަން ނުވާ ކަމަކަށްވެ ވަކިވެދެޔޭ
ހަވީރާ ފަތިހު ފޮޅިލާ މާމެލާމެލި ދޭ މިލައި ހިކިގެން
އަވީގެ ގިނިން މަލުގެ ކުލަޔާ ވަހާވެސް އެހިނދު ވަކިނުވެޔޭ
ގަހުން ހިޔަލާއި ފިނިކަން ދޭ ނުހަނު ފެހި ރީތި ފަތްތައްވެސް
ފަހުން ދޮންކުލަ އަރައި ހިކިފަތް ތަކެއް ކަމުގައިވެ ވެރި ނިމެޔޭ
ގަހަށް މަތިވަރު އައިސް މޭވޭ އިސާހިތު ދޮންވުމަށް ފަހުގައި
ގަހަަށް ކުޑަ އުނިކަމެއްވެސް ނުލިބި ވެރި ފީ އެއްޗަކަށް ވެދެޔޭ
ތިމާ އެއްކުޅަ މުދާ ގިނަޔަސް ފުލައިވުޑަކާ ދެތިން ކަފުނާ
ތިމާޔަށް ދުނިޔެއިން ގެންދާން ލިބޭނީ ވިސްނިފައި ނުވެޔޭ
ބިރެއް ކުޑަވެސް ނުގަނެ މުދަލަށްޓަކައި ކުށް ކުރުމުގައި ނޫޅޭ
އިރެއް އެއްވެސް ޙަޔާތުގެ ނެތް ކަމުން ސަހަރޯ ހިތަށް އަރަޔޭ
ހިތާމަޔަކީ އެކަންކަން ހަނދުމަ ނެތި ޣާފިލުވެވުނު ވެވުމޭ
މިތާނގެ ޙަޔާތް ނަގައިލެވުމުން ޖަހަންނަމަ ދާއިމީ ވެދެޔޭ
