(ވަރަށް އާދައިގެ ކުޑަކުޑަ ސުވާލެއް)
ނުދާނަންހޭ ބަލާކަށް ކުޅިސަމާ ވާ ހައުދަ އެބަހުއްޓޭ
ނުދާނަންހޭ މަ ދަރިޔާ ދުރުދުރުން ދެކެލަން ނުދާނަންހޭ
ނުދާނަންހޭ ބަލާކަށް ކުޅި…
އަނދައިގެން އަޑުގޮވައިފައި ޖައްވުތެރެޔަށް އަރައަރައިގެން ގޮސް
ހަނދާ ތަރި ފަނޑުކުރާ އެތަކެއް ހަވާ ދެކެލަން ނުދާނަންހޭ
ނުދާނަންހޭ ބަލާކަށް ކުޅި…
ގަދާ-ހިންދީ، މުސަޅު ލައިގެން އެ ހެދި ފައިބަރުގެ ފުޅަނދުތަކާ
ކަދާމާލީ ހުނަރު ދެކެލައި މަޖާކޮށްލަން ނުދާނަންހޭ
ނުދާނަންހޭ ބަލާކަށް ކުޅި…
ބުދާ ރާމާ ފުށެތިކާލުން ހޮޅިން އިނގިރޭސި ލަންދޭސިން
ތެދާ ދޮގު އޮޅުވި ގޮތްތައް ހަމަ ބަލައިލަން ފަހެ ނުދާނަންހޭ
ނުދާނަންހޭ ބަލާކަށް ކުޅި…
ހުދާ ރަތް ފެހި ކުލައިން އަމުނައި ދަމައި މަގުތައް މަތީ ހުރަހަށް
ދިދައިގެ އެ ތިން ކުލައިން އެ ލިބޭ ސަބަޤު އެނގިލަން ނުދާނަންހޭ
ނުދާނަންހޭ ބަލާކަށް ކުޅި…
ޞަދާ ޤައުމީ އިވޭ އެ ވަޤުތު ނިޝާނަށް ބޯލަނބައި ހުންނަން
ވެދާނަމެ ބުނެ މުޥާޠިނަކަށް ހިތުންރުހުމުން ނުދާނަންހޭ
ނުދާނަންހޭ ބަލާކަށް ކުޅި…
އަދާ މާޒީ ތަފާތުވި ގޮތްތަކަށް ވިސްނައި ފިކުރުކުރަމުން
ހިދާޔަތުގައި ހިފައި ހުންނަން ޢަޒުމު ހިތުލައި ނުދާނަންހޭ
ނުދާނަންހޭ ބަލާކަށް ކުޅި…
