Support Us

ރައީސް ޑރ. މުޢިއްޒަށް ފުރުސަތު ދޭންޖެހޭނެ

ހެޔޮނުވާނޭ! ހެޔޮނިޔަތުގައި ބަދަލުކުރިމީ ވެރިކަމެއް،
ހެޔޮކަމެއް ކޮށްދޭން މުޢިއްޒަށް ދޭން ޖެހޭނޭ ފުރުސަތެއް

އަދި ޙަވާލުވެގެން ދެހަފުތާވެސް މިއުޅެނީ ނުފުރިގެން
ދަތިތަކެއް ގައުމަށް އުފުއްލަން ޖެހުނުމީ ދަތި ދަނޑިވަޅެއް

"ޤައުމެކޭ ކިޔަކަސް! އޮތީއަދު ގައުމުގައި ހުސް ތޮށިގަނޑެއް"
ގައުމު އެއްކޮށް އަދު ދަރައިގެން ބޯހިކެން ނެތްދަނޑިވަޅެއް

އެއްސަތޭކަ ނަވާރަހާސް މިލިޔަނުގެ ބޮޑުސިންގާ ދަރަންޏެއް،
ދެން މިދަރަނި އަދާކުރުންވެސް އަދު މުޢިއްޒަށް އޮތްކަމެއް

ދައުލަތުގެ މުދަލާ، ޢިމާރާތްތައް ހުރީ މޯގޭޖު ކޮށްފައި،
އަދު މިތަންތަން މިންޖުކުރުމަށްވެސް މުޢިއްޒަށް އޮތްކަމެއް

ފަޅުތަކާ، މަސްކަނޑުގެ ބަޔަކާ، ވައިގެބަނދަރުތަކާ އެކީ
ދައުލަތަށް އަނބުރައި މިތަން ތަން، ހޯދުމީވެސް އޮތް ކަމެއް

އުތުރު ތިލަފަޅަކާއި" މިކިޔާ އިންޑިއާ ސިފައިންގެ ކަންތައް"
އިތުރު އަޑިނޭނގޭ އެތައްގިނަ ސިއްރު ހޯދުން ބޮޑު ކަމެއް

މިފަދަ ހައްސާސް ޙާލަތެއްގައި ޣައުމު އޮތްމީ ދަނޑިވަޅެއް،
މިއަދުއައި ސަރުކާރަކަށް ޕްރެޝަރު ކުރުންމީ ދެރަކަމެއް

ހެޔޮނިޔަތުގައި ވަޢުދު ފުއްދައިދޭން މިއައި ސަރުކާރަކަސް،
ހެޔޮނުވާނޭ! ހަތްދުވަސްމީ "މުސްތަޙީލު ތަފާތު ބާރެއް"

އަދި މިސަރުކާރެއް އެކީގައި އެކުލަވާލައި ނުނިމެނީސް،
ދަތިކުރަން ވިސްނައިފިނަމަ ގައުމަށްދެވޭ ބޮޑު ގެއްލުމެއް

ފަސްއަހަރު އަދި ކުރިމަގެއް އުއްމީދުގައި އޮތްވެރިކަމެއް،
ފަސްދުވަސް ވާއިރު ނުކުމެ ބަދުނާމު ކުރުމީ ގޯސް ކަމެއް

އަދުގެ ލޮބުވެތިވީ ރައީސް، މުޢިއްޒުއާ އެއްބާރުލައިގެން،
އަދު ހިނގައި، ހޯދަން މިލޮބުވެތި ރައްޔިތުންނަށް ކުރިމަގެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *