ގިރިފުށީގައި ޓްރޭނިން ހަދަމުން އައި އެމް.އެން.ޑީ.އެފްގެ ޕްލެޓޫނެއްގައި ހިމެނޭ 10 ސިފައިން ކޮވިޑް19 އަށް ޕޮޒިޓިވްވެ، ހުރިހައި ޓްރޭނިންތަކެއް ހުއްޓާލައިފި އެވެ.
ތަފާތު ފަސް ދާއިރާއެއްގެ ޓްރެއިންތައް ގިރިފުށީގައި ހަދަމުންދަނިކޮށް އިއްޔެ ނޫން ކުރީ ދުވަހު އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެން.ސީ.އޯ ކެރިއަރ ޓްރޭނިންގައި ބައިވެރިވާ ފަސް މީހެކެވެ. އެ ޓްރޭނިންގައި 19 މީހުން ބައިވެރިވާއިރު، އެ ޕްލެޓޫންގެ އިތުރު ފަސް މީހަކު މިއަދު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންވެ އެ ޕްލެޓޫންގައި ބާކީ ތިބީ ނުވަ މީހުންނެވެ.
އެޗް.ޕީ.އޭ އިން ބުނީ ކޮވިޑަށް ސިފައިންތަކެއް ޕޮޒިޓިވްވި ނަމަވެސް، ގިރިފުށި މޮނިޓަރިންގެ ހާލަތަށް ލާފައިނުވާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވި ސިފައިން، އެޗް.ޕީ.އޭގެ ލަފާގެ މަތިން، މިހާރު ވަނީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފަ އެވެ.