Support Us

ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އަނެއްކާވެސް މައްޗަށް، މިއަދު 143

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް19 އަށް މިއަދު 143 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ކޮވިޑް19 ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މިވަނީ އިތުރުވާން ފަށައިފަ އެވެ. މި ބަލި ޖެހިގެން މިއަދު ވަނީ 77 އަހަރުގެ އަންހެނަކު މަރުވެފަ އެވެ. އެހެންކަމުން މި ބަލި ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރައިފަ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ކޮވިޑް ޖެހިގެން މިއަދު ޕޮޒިޓިވްވި 143 މީހުންގެ ތެރޭގައި ހިމެނެނީ 87 ދިވެހިންނާއި 40 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ 10 މީހުންނާއި ނޭޕާލްގެ ތިން މީހުންނާއި ސްރީލަންކާގެ ދެ މީހުންގެ އިތުރުން މިސުރު މީހެކެވެ.

ކޮވިޑް ޖެހިގެން އިއްޔެ ވެސް ރާއްޖޭގައި 67 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލި ޖެހިގެން ރާއްޖެއިން މިމަހުގެ މިހާތަނަށް ފަސް މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 5366 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2461 ހިމެނޭއިރު 150 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް