Support Us

ކޯޓަށް ވަޑައިގަތުމަށްފަހު ރައީސް ޔާމީން އެނބުރި ގެއަށް ވަދެވަޑައިގަންނަވަނީ -އަދިވެސް ފައިލް ފޮޓޯ

ޔާމީން އަތުން ފަސް މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ އެންމެ ފަހުން މީރާއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވައިފައިވާ ފަސް މިލިޔަން ޑޮލަރުގެ ޖޫރިމަނާ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ) މެދުވެރިކޮށް ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވައިފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގައި ޖޫރިމަނާގެ ގޮތުން ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް 28 ނޮވެމްބަރު 2019 ގައި ވަނީ ހުކުމްކޮށްފަ އެވެ.

އެޓާނީ ޖެރެނަލް އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމާ އެއްގޮތަށް ރައީސް ޔާމީން ފައިސާ ދައްކަވާފައިނުވާތީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާ މެދުވެރިކޮށް އެފައިސާ ހޯދުމަށްޓަކައި ފޮނުވާފައިވާ ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދަށުން އެ ފައިސާ ދައްކާފައި ނުވާނަމަ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 50 ވަނަ ބަޔާންކޮށްފައިވާ އުސޫލުން އެ ފައިސާ ދައުލަތަށް ހޯދުމަކީ މީރާގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އޭޖީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ 50 ވަނަ މާއްދާ ބުނާ ގޮތުން ނަމަ ޓެކްސް ނުވަތަ ޖޫރިމަނާއެއް ނުދައްކައިފިނަމަ އެމީހެއްގެ މިލްކިއްޔާތެއް ނުވަތަ އެމީހެއްގެ ބިމެއް ބޭނުންކޮށްގެން ޖޫރިމަނާ ހޯދުމުގެ އަމުރެއް މީރާއަށް ނެރެވިދާނެ އެވެ. އަދި އެ މީހެއްގެ އެކައުންޓްތައް ފްރީޒްކުރަން އެނގުމާއި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބާރުވެސް މީރާއަށް ލިބިދެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *