...

Support Us

އިސްރާއީލަކީ ނިޔުކްލިއަރު ހަތިޔާރު ހުރި ނިރުބަވެރި ދައުލަތެއް: އުރްދުޣާން

އިސްރާއީލަކީ ނިޔުކްލިއަރު ހަތިޔާރު ހުރި ނިރުބަވެރި ދައުލަތެއް ކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން މިއަދު ވިދާޅުވެއްޖެއެވެ.

ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުތަކަށް ޖަވާބުދާރީ ކުރުވުމަށް ޓަކައި އިސްރާއީލު ބައިނަލްއަޤްވާމީ ކޯޓަށް ހުށައަޅަން ޖެހޭނެކަމަށް ވެސް އުރްދުޣާން ވިދާޅުވިއެވެ. ރައީސް އުރްދުޣާން މި މޭރުމުން ވާހަކަފުޅު ދެއްކެވީ އޭނާގެ ޕާޓީ ޢަދާލަތާއި ތަރައްޤީ ޕާޓީގެ ބަރްލަމާނުގެ މެންބަރުންނާ ބައްދަލުކުރައްވަމުންނެވެ.

  • ފަލަސްޠީނަށް ތާއީދުކޮށް ބޭއްވި އެންމެހާ މުޒާހަރާތަކަށާއި ހިނގައިލުންތަކަށް އޭނާ ޝުކްރު އަދާކުރެއްވިއެވެ. އޭގެ ސަބަބުން އޭނާގެ ޕާޓީގެ ބާރު ވަނީ ވަރުގަދަވެ މަޤްބޫލުކަން އިތުރުވެފައިވާ ކަމަށް  އުރްދުޣާން ވިދާޅުވިއެވެ.
  • ސަރަޙައްދުގައި ހިނގަމުންދާ ކަންތައްތަކުން ތުރްކީގެ އަމިއްލަވަންތަ ދިފާޢީ ބާރު ވަރުގަދަކުރުން ޟަރޫރަތަކަށް ވެއްޖެއެވެ. ހުރިހާ މައިދާންތަކެއްގައި ތުރްކީގެ ސިޔާސީ އިޤްތިޞާދީ ޢަސްކަރީ ޤައުމީ ބާރު ވަރުގަދަކުރަން ޖެހިފައިވާކަން ހާމަވެއްޖެކަމަށް އުރްދުޣާން ވިދާޅުވިއެވެ.
  •  އެހެނިހެން ޤައުމުތަކުންނާއި އެހެނިހެން ސަރަޙައްދުތަކުން ފެންނަމުންދަނީ ހިތްނުބައިކަމުގެ ނިޝާންތައް ކަމަށް އުރްދުޣާން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި "އަހުރެމެންގެ ސަރަޙައްދުގައި ހިނގަމުންދާ ކަންތައްތައް އަހުރެމެންނަށް އުނގަންނާދެނީ އަހުރެމެންނަށް ޢަސްކަރީ އިޤްތިޞަދީ ސިޔާސީ ބާރެއް ލިބިގެން ނުވާނަމަ މި ބިމުގައި އުޅުމަށް އެމީހުން އަހުރެމެން ދޫކޮށެއް ނުލާނެއެވެ."
  • އޭނާ ވިދާޅުވިގޮތުގައި ކަރްބާޚު ހަނގުރާމައިގައި އަރްމީނިޔާއަށް ވީ ގޮތަށް އިސްރާއީލު ނާއުންމީދުވެގެން ނިމިގެންދާނެއެވެ.
  • މަސްއަލައަކީ އިސްރާއީލާއެކުގައިވާ ޤައުމުތަކުގެ މަސްއަލައެވެ. އެމެރިކާއާއި ހުޅަނގުން މި މަސްއަލައަށް ޙައްލެއް ގެންނާކަށް އަދިއެއް ނޫޅެއެވެ.ހަނގުރާމަ ހުއްޓުވަން އެ ޤައުމުތަކުން އިސްރާއީލަށް އެއްވެސް ފިއްތުމެއް ނުފިއްތައެވެ.
  • ޙަމާސަ،ކީ ނިރުބަވެރި ޖަމާޢަތެކޭ ބުނާ ބަޔަކު އެބަ އުޅެއެވެ. ޙަމާސަކީ ސިޔާސީ ޕާޓީއެއްކަން ނުދަންނަ ބަޔަކު ތުރްކީގައި ވެސް އެބަ އުޅެއެވެ. އަހުރެމެން  ބުނާނީ ޙަމާސަކީ ނިރުބަވެރި ޖަމާޢަތެއްނޫނެވެ. އެހެނަސް އެއީ ޤައުމުގެ މިނިވަންކަމަށް ޓަކައި މަސައްކަތްކުރާ ޖަމާޢަތެކެވެ.
  •  އިސްރާއީލުން ޣައްޒާގެ ހަސްފަތާލުތަކަށާއި މަދުރަސާތަކަށާއި ފޭލިގެއަވަށްތަކަށާއި ބާޒާރުތަކަށް ބޮން އަޅަމުންދަނީ ގަސްތުގައެވެ.
  • އޭނާ ވިދާޅުވިގޮތުގައި ހަނގުރާމައިގެ އުޞޫލުތަކުގެ ތެރޭގައި އަންހެނުންނަށާއި ކުޑަކުދިންނަށާއި މަދުރަސާތަކަށާއި ބޭސްފަރުވާކުރާ މަރްކަޒުތަކަށް ޙަމަލާނުދިނުން ވެއެވެ.
  • އުރްދުޣާން ވިދާޅުވިއެވެ. "އަހުރެން ނަތަންޔާހޫއާ ކޮށްލަން ބޭނުންވާ ސުވާލަކީ  އިސްރާއީލު އަތުގައި ނިޔުކްލިއަރު ބޮމެއް އެބަ އޮތް ހެއްޔެވެ؟ ހިތްވަރުގަދަކަމާއެކު ޖަވާބު ދީ ބަލާށެވެ! ތިބާގެ އަތުގައި ނިޔުކްލިއަރު ބޮން ހުއްޓަސް ނެތަސް ދެން ތިބާ ވެރިކަމުގައެއް ނުހުންނާނެއެވެ."
  • އުރްދުޣާން ވިދާޅުވިގޮތުގައި އިސްރާއީލުގެ މަސްއޫލުވެރިން ސާފު ބަހުން މި ވަނީ އިސްރާއީލު އަތުގައި ނިޔުކްލިއަރު ހަތިޔާރު ހުރި ވާހަކަ ބުނެފައެވެ. އެހެނަސް ނިޔުކްލިއަރު ހަތިޔާރާބެހޭ ބައިނަލްއަޤްވާމީ އޭޖެންސީން  އެކަމާބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.
  • އިސްރާއީލާއި އިސްރާއީލުގެ މަސްއޫލުވެރިންނަކީ  ޝަރަފެއް އިންސާނިއްޔަތުކަމެއް  ޟަމީރެއް އޯގާވެރިކަމެއް ހަމްދަރްދީއެއް ނެތް ބަޔެއްކަން މުޅި ދުނިޔެއަށް އެނގިއްޖެއެވެ.  އިސްރާއީލުން ތަންފީޒުކުރަމުން އެ ދަނީ ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ނައްތައިލުމުގެ ޤަތުލުޢާންމުތަކެކެވެ. 
  • މި ފައިލްތައް ހިފައިގެން އެތައް ހާސް ވަކީލުންނެއް ލާހާއި (ދަ ހޭގް)ގެ ބައިނަލްއަޤްވާމީ ޢަދާލަތު ކޯޓަށް އިސްރާއީލާ ދެކޮޅަށް  ދާނެއެވެ. 
  • އުރްދުޣާން ހާމަކުރެއްވިގޮތުގައި ތުރްކީން ވަނީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތައް ހިފައިގެން 10 މަތިންދާބޯޓު މިޞްރުގެ އަލްޢަރީޝަށް ފޮނުވައިފައެވެ.
  •  ޣައްޒާގައި ތިބި ބަލިމީހުންނާއި ކެންސަރު ބަލީގެ މީހުންނަށް ތުރްކީގައި ފަރުވާ ދިނުމަށް ޓަކައި ތރްކީން ދަނީ ކަމާބެހޭ ފަރާތްތަކާއެކު ވާހަކަ ދައްކަމުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.