ހަޔާތުގެ މާނައަކީ ވަގުތެވެ.
ވަގުތުގެ މިޒާޖު ބަދަލު ވާ ވަގުތަކީ ވެސް ވަގުތެވެ.
ދަތުރުވެރިޔާގެ ދަތުރުގެ ކޮންމެ މަންޒިލަކީ ވެސް ވަގުތެވެ.
ވަގުތުގެ އަވަސްކަމާއި ލަސްކަމުގެ ރޫހަކީ ވެސް ވަގުތެވެ.
ވަގުތުގައި ކުލަ ޖައްސަނީ ވަގުތުގެ މެހުމާނެވެ.
ވަގުތުގެ އަޑާއި އޭގެ ވަސް އިހުސާސް ކުރަނީ ވެސް ވަގުތުގެ މެހުމާނެވެ.
ވަގުތުގެ ވަގުތު ބަދަލުވުމުން ދަތުރު ހުއްޓެއެވެ.
ދަތުރުވެރިޔާގެ މަންޒިލްގެ ފަހިކަން ހާސިލްކޮށްދެނީ ވަގުތުގެ މިޒާޖެވެ.
ތިބާ އިއްޔެ ފުރައިގެން ތިބާގެ މަންޒިލަށް ދަތުރުކުރި ހެން އަހުރެން ވެސް އަހުރެންގެ މަންޒިލަަށް ދާން ދަތުރު ކުރަނީއެވެ.
ހިތްހެޔޮ ކުރާށެވެ!
ކޮންމެ ހިނދަކު ވެސް ވަގުތުގެ މިޒާޖު ބަދަލުވެދާނެއެވެ.
ހަޔާތުގެ މާނައަކީ މިއީއެވެ.
ދުނިޔޭގެ ވިންދުން އަހުރެންނަށް އިވުނު އަޑަކީ ވެސް މިއީއެވެ.