Support Us

މާކެޓެކް އެލުމިނިއަމް" ހުޅުވުމުގެ ހަފުލާގެ ތެރެއިން... -އަދިވެސް ފޮޓޯ: ހުސެއިން ޝަކީބު

"މާކެޓެކް މޯލްޑިވްސް"ގެ 32 ވަނަ އަހަރީ ދުވަހު "މާކެޓެކް އެލުމިނިއަމް" ހުޅުވައިފި

ކަރަންޓާ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމާއި ކޮންސްޓްރަކްޝަންސްގެ ވިޔަފާރީގައި މަޝްހޫރު ކުންފުނި "މާކެޓެކް މޯލްޑިވްސް"ގެ 32 ވަނަ އަހަރީ ދުވަހާ ދިމާކޮށް، "މާކެޓެކް އެލުމިނިއަމް"ގެ ނަމުގައި ހުޅުމާލޭގައި މިއަދު ފިހާރައެއް ހުޅުވައިފިއެވެ.

"މާކެޓެކް މޯލްޑިވްސް"ގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ބޭއްވި ބާބަކިއު ސްޓައިލް ހަފުލާއެއްގައި "މާކެޓެކް އެލުމިނިއަމް" ހުޅުއްވައިދެއްވީ "މާކެޓެކް މޯލްޑިވްސް"ގެ ފައުންޑަރު އަހުމަދު އިބްރާހިމް ދީދީ އެވެ. މި ހަފުލާގައި ރައްޔިތުންގެ މަޖިލިސްގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި އައްޑޫގެ ބައެއް ވިޔަފާވެރިވެރިންނާއި މެހެމާނުން ބައިވެރިވިއެވެ. މި ހަފުލާގައި އަހަރީ ކޭކު ފެޅުން ވެސް އޮތެވެ.

"މާކެޓެކް އެލުމިނިއަމް"ގެ ކޭކު ފެޅުމަށް ތައްޔާރުވެފައި. -އަދިވެސް ފޮޓޯ: ހުސެއިން ޝަކީބު

ހުޅުމާލެ ފަޔަރ ސްޓޭޝަން ކުރިމަތީގައި މިއަދު ހުޅުވި "މާކެޓެކް އެލުމިނިއަމް" އަކީ އެލުމިނިއަމް ދޮރާއި ދޮރުފަތާއި ބިއްލޫރި އަދި އެއާ ގުޅޭ އެހެނިހެން ތަކެތި އިތުބާރާ އެކު އެކަށީގެންވާ އަގެއްގައި ފޯރުކޮށްދިނުމަށް ގާއިމްކުރި ވިޔަފާރިއެއް ކަމަށ އެ ތަނުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވިއެވެ.

"މާކެޓެކް އެލުމިނިއަމް" ހުޅުވުމުގެ ހަފުލާގެ ތެރެއިން… -އަދިވެސް ފޮޓޯ: ހުސެއިން ޝަކީބު

"މާކެޓެކް އެލުމިނިއަމް އަކީ މާކެޓެކް މޯލްޑިވްސް އިން ކުރަމުންދާ ވިޔަފާރިއަށް އިތުރުވާ އާބޮޅެއް. މާކެޓެކް އެލުމިނިއަމްގެ ޕްރޮޑަކްޝަން ޓީމް މެމްބަރުންނަކީ މިކަމުގެ އަމަލީ ތަޖުރިބާ ހުރި ބައެއް. ޕްރޮޑަކްޝަން މެނޭޖަރ އުތަޔަރާޖަންއަކީ ފާއިތުވި 25 އަހަރު މި މަސައްކަތުގައި އުޅެމުންދާ މީހެއް. ދެން ތިބި މެމްބަރުންނަކީ ވެސް 10 އާއި 15 އަހަރާ ދެމެދުގެ އަމަލީ ތަޖުރިބާ ހުރި މީހުން،" އޭނާ ވިދާޅުވިއެވެ.

"މާކެޓެކް އެލުމިނިއަމް" ހުޅުވުމުގެ ހަފުލާގެ ތެރެއިން… -އަދިވެސް ފޮޓޯ: ހުސެއިން ޝަކީބު

"މާކެޓެކް މޯލްޑިވްސް" އަކީ ވޮލްވޯ ޕެންޓާ މެރިން އިންޖީން އިން ވިޔަފާރި ފަށައި، ފަހުން ވޮލްވޯ ޕެންޓާ ޖަނަރޭޓަރު އެތެރެކުރަން ފެށި ކުންފުންޏެކެވެ. އަދި 2016 އިން ފެށިގެން "މެކޯ ޕްރައިވެޓް ލިމިޓެޑް" ގެ ނަމުގައި ވަކި ކުންފުންޏެއް އުފައްދައި ކަރަންޓާ ގުޅޭ ހުރިހާ ޚިދުމަތަކާއި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ ޚިދުމަތާއި ކޮންސްޓްރަކްޝަންގެ ޚިދުމަތް ވެސް ދެމުން އަންނަ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

"މާކެޓެކް އެލުމިނިއަމްގެ އުއްމީދަކީ ކަސްޓަމަރުންގެ އިތުބާރާއި ޔަގީންކަން ލިބި، މި ވިޔަފާރި އިތުރު ޚިދުމަތްތަކާ އެކު ފުޅާކޮށް، ކުރިއަރައިގެން ދިއުން،" މާކެޓެކް އެލުމިނިއަމްގެ އިސް އޮފިޝަލް ވިދާޅުވިއެވެ.