Support Us

މެމްބަރުންގެ ސުވާލުތަކަށް ހެލްތު މިނިސްޓަރ އަމީން މަޖުލީހުގައި މިއަދު ޖަވާބު ދެއްވަނީ -ފޮޓޯ: މަޖިލިސްގެ އިދާރާ

ހެލްތު މިނިސްޓަރަށް ރައީސްގެ ވައުދުތައް ނުފުއްދޭ: ރާއީ

ހެލްތު މިނސްޓަރ އަބްދުﷲ އަމީނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ނުފުއްދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތް މިނިސްޓަރާ ސުވާލު ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ރާއީ ވިދާޅުވީ ހެލްތު މިނިސްޓަރ އަމީން އަށް ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ނުފުއްދޭ ކަމަށާއި، ކޮވިޑްގެ ކުރިން އެ ވައުދު ފުއްދުމަށް ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެކަން ނުކުރެވުނު ކަމަށެވެ. އަދި ވަގުތާ ނުގުޅޭ ހަރަދު ވަޒީރު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅު ވަޒީރު އަދިވެސް ނުފުއްދަވާ ހުރީ ކީއްވެގެންތޯ؟ އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ކޮވިޑްގެ ކުރިންވެސް އެ ފުރަސަތު ލިބިދިޔައީ. ދެން އަޅުގަނޑުމެނަށް ފެނިގެން މިދިޔައީ ވަގުތާ ނުގުޅޭ ހަރަދު ވަޒީރު ކުރައްވަމުން ގެންދަވާތަން."

ވަޒީރާ ސުވާލުކުރުމުގެ ފުރުސަތުގައި މަޖިލީހުގެ މެންބަރުން ވަނީ އެބޭފުޅުންގެ ދާއިރާގެ ސިއްހީ ހާލަތުގެ ފެންވަރު ދަށްވެ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ މުހިންމު ވަސީލަތްތައް ނުލިބުމުގެ ޝަކުވާ މިނިސްޓަރަށް ހުށަހަޅުއްވާފައެވެ.

އެގޮތުން ބައެއް ސިއްހީ މަރުކަޒުތަކުގެ އެމްބިއުލާންސް ހަލާކުވެފައި އޮތުމާއި، ބައެއް މަރުކަޒުތަކަށް ބޭނުންވާ މެޝިންތައް ލިބޭނެ އިންތިޒާމު ހަމަނުޖެހުމާއި، ހާއްސަ ބަލިތަކަށް ފަރުވާދޭނެ ޑޮކްޓަރުންގެ ހިދުމަތް ނުލިބުމާއި ބައެއް ބޭސްތައް ނުލިބުމުގެ ޝަކުވާ ވަނީ ކުރައްވައިފައެވެ.

މިކަމާ ގުޅެގޮތުން މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ ދުވަސްވަރުކަމުން ބަޖެޓްގެ ތާށިކަމުގެ ތެރެއިން ބައެއް ކަންކަން ހައްލުކުރުމުގައި ދަތިތައް ކުރިމަތިވެގެންދާ ކަމަށާއި، ނަމަވެސް ސިއްހީ ނިޒާމު ނުހުއްޓި ކުރިޔަށް ދާނެކަމުގެ ޔަގީންކަން އެ މެންބަރުންނަށް ދެއްވާ ކަމުގައެވެ.

މިއަދު މިނިސްޓަރާ ސުވާލުކުރެއްވި ހުރިހައި މެންބަރުންވެސް ވަނީ އެ މެންބަރުންގެ ދާއިރާގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ފުނިފުންޏަށް މިނިސްޓަރަށް އޮއްސާލައިފައެވެ.

މި ދުވަސްކޮޅަކީ ހެލްތު މިނިސްޓަރު އަމީނަށް ވަރަަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންދާ ދުވަސްކޮޅެކެވެ. އެގޮތުން ރަށްރަށުގެ ސިއްހީ ނިޒާމު ބޮއްސުންލައި، އެ ތަންތަނަށް ބޭނުންވާ ސާމާނު ނުލިބި އަދި މަރާމާތު ނުކުރެވި ވާއިރު ހެލްތު މިނސްޓްރީގެ ކޮންފަރެންސް ހޯލާއި މިނިސްޓަރުގެ ކޮޓަރިކޮޅު

ދައުލަތުގެ ބަޖެޓުން ހަރަދުކުރައްވައިގެން ވަރަށް މަތީ ފެންވަރަކަށް ހަދައިފައިވާތީ އެކަމުގެ ފާޑުކިޔުން ވެސް މިނިސްޓަރަށް ވަނީ އަމާޒުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *