Support Us

މިވެސް ވެދާނެ ގޮތެއް

ހުޝިޔާރުވާށޭ އޭބޮލާ ލޮބުވެތި އެހެން ގުނަވަންތަކަށް
ކަސިޔާރުވީމާ ހަމަތަކުން ހުށަހޮޅިދެއޭ މައްސަލަތަކަށް

އަތްފައި ނުރައްކާ ހާލަތަށް ތައްޔާރުވާން އަރަނީ ހިތަށް
ބައްޔާއި ފަރުވާ ނުގުޅުމުން ކެތްނުވެގެނޭ އުނދަގޫތަކަށް

މަސަލަސް ނުވާ ކާނާތަކުން ދުލަކަށް އެކަނި ލައްޒަތު އެދޭ
ހަސަދައިގެ ލޭ ކެކި ހޫނުވޭ ބިރުވެރި ނުރައްކާ ޒާތަކަށް

ބެރަކާ ޖަހާ ލަވަޔާ ކިޔާ ނުގުޅޭ ސަމާގައި އަތްޖަހައި
ކޮރުލާން ވެޔޭ އުނދަގޫ ނަށާ މީހާ އެދޭހާ ބަނޑިތަކަށް

ކަށްބިންތެރޭގައި ވިނަކަމުން ތެޅުމުން ދެގެރި ރުޅިގަދަވެގެން
ޝައްކެއް ނެތޭ ގެއްލުން ވެފާ ބާރެއް ކުރޭ ކަށްގާތަކަށް

ޣިޔަރަތުގެ ފުން މާކަނޑުތަކުން ދިޔަވަރު އުފައްދާ އޮއިވަރުން
ކިޔަމަންނުވާ ބޮޑު ރާޅުތައް ބިންދާނެއޭ ގޮނޑުދޮށްތަކަށް

ހައްގުގެ ދެލޯ ހުރެއޭ ބަލަން ކަންއޮތްގޮތާ ކަންވާގޮތާ
ހައްދެއް ނެތީމާ އެދުމުގާ ލޯ އެނބުރެއޭ އާމަގުތަކަށް

ނުރުހުންވުމުން މުންކިރުވެފާ ހުރުމަތް ކަނޑާ ހަސްތީގެ ވާ
ކުރުމުން ތަޙައްދީ އަނެކަކަށް މަގުފަހިވެޔޭ ހަމަލާތަކަށް

ކަތިފިޔަވަޅަށް ހިތްހޭލަނީ ހަތިޔާރުގާ އަތްބީހެނީ
ދަތިތައް ކުރާ އާދޭހުގައި ލުއި އެދިގެނޭ ކަސްތަޅުތަކަށް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *