ބޮމުން މުސްލިމުން ލޭ، ދަނީ ކެހިވެރިންނޭ
ފުމެން ބޮޑުގޮނޑީ ވީ ޚިޔާނާތްތެރިންނޭ
މަރާއިރު މައިން، ކުޑަ ދަރިން ކުރިމަތީގާ
އަރާ ހަމަކުރާނޭ، ޒަމާން ކުށްވެރިންނޭ
ހިކޭ އިރު އަރަށް ފެންފޮދެއް ލާން ނުކެރިފައި
ވިކޭ މުސްލިމުންނީ ބޮޑެތި ކާފިރުންނޭ
ދޮގާ މަކަރު ފަރުދާ ނުވޭ އަދު އެމީހުން
އަގެއް ނެތް އެއީ ބޮޑު އަދާވާތްތެރިންނޭ
ފަހަށްޖެހި މި އުއްމަތް ކޮށާކުދި ކުރާއިރު
އުހަށް ދުނިޔެ އަރަނީ، އެތިބަ މުޖުރިމުންނޭ
އެހެން މިއަދު ބާރާ ނުފޫޒުން އުޅުނަކަސް
ޖަހަންނަމަ ފުރޭނީ އެ ޒާތުގެ ދަރުންނޭ