ދީލަތިވިޔަސް އަނދިރީން މިއަދު ވިސްނާށެ އަދި އަލިކަންވެޔޭ
ހީލަތްތެރީން ރެކިގެން އުޅޭ، ފަރުދާއަކަށް ތެދުވެރިވެޔޭ
ކަޅުކަން ވަށާލައި، ނޭނގިފައި ޣާފިލް ނިދީގައި އޮތްކަމަކު
ފަޅުހިތްތަކަށް އަލިކަންދެވޭ އަލިގަދަ ފޮތާ ނޫރެއްވެޔޭ
ގަދަފަދަކަމާ ޖާހިލުކަމާ ޖައްބާރުކަން އޮތް ހިތްތަކަށް
ތަދުވާގޮތާ، މަޑުވާގޮތާ، ގިސްލުމުގެ ވޭން ދައްކައިދެޔޭ
ޗޭނުން ވަށާ ބަނދެ ބައްދަމުން، މުށް ބާރުކުރި ޔަސް ބާރުލައި
ވޭނެއްގެ ވިންދާއެކު އެ މުށްހުޅުވައިލުމަށް ބާރެއް ވެޔޭ
ހޫނާ ތަދާ ގަދަ ވޭނުގައި، ކަނޑުވާ ހިތުގެ އުއްމީދުގައި
ފީނައި ފުނުންވެސް މިންޖުވާން ބާތައް ލޮލަށް ދައްކައިދެޔޭ
ބަނަ މަސްރަޙަށް އަނިޔާ، ޤަތުލު ވިޔަކަސް އަސާސީ ޙައްޤަކަށް
ދުނިޔޭގެ މަސްރަޙު ބަދަލުކޮށް ޞުލްހައިގެ ދޮރުތައް ހުޅުވެޔޭ