Support Us

ޑރ. މުޢިއްޒަށް ވަރުގަދަ ޖިހާދެއް ކުރިމަތިވެފައި

"އުތީމު ތަކުރު" ކުރެއްވެވި ފަދަ ޖިހާދުގެ ޙާލަތެއް އައިސްފާ
އޮތީ "ވަށަފަރު ތަކުރު" ނަމުގައި، މުޢިއްޒަށް ޖެހިވަޑައިގެންފާ

މިތާ މިނިވަންކަމާ، ދީނާ، ކަނޑާއި، ފަޅާ، ބިމާއި، ވަޔާ،
ޖިހާދެއްކޮށް އަލުން ހޯދަން، މުޢިއްޒަށް ޖެހިވަޑައިގެންފާ

މިތާބޮލަކަށް އެތައް ހާހުން ދަރައިގެން ބޯހިކެން ނެތްއިރު،
މިދަރަނިން މިންޖުކޮށް ދެއްވަން މުޢިއްޒަށް ޖެހިވަޑައިގެންފާ

މިގައުމުގެ ރައްޔިތުން މުދަލާ، ޢިމާރާތްތައް ރަހުނު ކޮށްފާ
މި ހުރިހާ ރަހުނުވެސް ނިންމަން، މުއިއްޒަށް ޖެހިވަޑައިގެންފާ

އިރާ، ހުޅަނގާއި، އުތުރާ، ދެކުނުގައި ތިބި މިލްޓްރީ ފޯސްތައް،
މިތާ ނުތިބޭގޮތަށް ނިންމަން މުޢިއްޒަށް ޖެހިވަޑައިގެންފާ

އެތައް ހާހުން، މަގާމުތަކެއް، އެގޮތް މިގޮތަށް ބަހާލީމާ،
އެކަންވެސް ހަމަޔަކަށް އަޅުވަން މުޢިއްޒަށް ޖެހިވަޑައިގެންފާ

އޮފީސް ހިންގާ ޢިމާރާތްތައް ތަޅައި އެކުގައި ބިމާހަމަކޮށް،
އޮފީސް ހިންގަން ހަދަން ތަންތަން މުޢިއްޒަށް ޖެހިވަޑައިގެންފާ

ކަނޑުންނާ ފަޅުތަކުން މިވަނީ އެތައް ހާސް ގޯތިތައް ދީފާ،
އަލުން ހިކިފަސްތަނަށް ހެދުމަށް މުޢިއްޒަށް ޖެހިވަޑައިގެންފާ

މިތާނގެ ކަނޑުން ބައެއް ވިއްކާ، އޮތީ ނިންމާ ޚަލާސްކޮށްފާ،
މިތާނގެ ކަނޑުން މިބައިހޯދަން މުޢިއްޒަށް ޖެހިވަޑައިގެންފާ

އަލަށް ފައިސާ ޖަހައިގެން އިޤްތިޞާދު އެކީ ހަލާކުވުމުން،
ބަލައިގެން ޙައްލުކުރުމަށްވެސް މުޢިއްޒަށް ޖެހިވަޑައިގެންފާ

ނަގާފައި ހުރި އެތައް ލޯނެއް އެހާބޮޑު އިންޓަރެސްޓާއެކު،
އަދާކުރެވޭ ގޮތެއް ހޯދަން މުޢިއްޒަށް ޖެހިވަޑައިގެންފާ

މިތާނގެ ރިޒާވުގައި ނެތުމުން ފަހަށް ރައްކާކުރަން އެއްޗެއް،
މިތާނގެ ރިޒާވު ބޮޑުކޮށްދޭން މުއިއްޒަށް ޖެހިވަޑައިގެންފާ

"ކުރީގައިވެސް ޖިހާދުކުރެއްވެވީ" ތިލަދުންމަތީގެ ދަރީން
ކުރީ މާޒީ އިޢާދަކުރަން މުޢިއްޒަށް ޖެހި ވަޑައިގެންފާ

ދިމާވާ ކަންކަމުގެ މައްޗަށް މުޢިއްޒަށް ނަޞްރު ދެއްވުން އެދި،
އިލާހީ ޙަޒުރަތަށް މުޅި ހިތް ނިޔަތް، މިވަނީ ޚަލާޞްކޮށްފާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *