މޫނާ ދެލޯ ހުރެވުނު ބަލަން އެސްފިޔަޖަހަން ވެސް ނޭގިފާ
ހޫނާ އުދާހުގެ ހީވުމެއް ނުވެ ގަދަ އަވީ ހައިރާންވެފާ
ދެގޮތެއް ހިތަކު ނެތުމުން ދުނިޔެ ކެހުނޭ ހަނދާނުގެ ވާފަށުން
އެގޮތަށް އެތައް އިރަކަށް ބަލާން ހުރެވުނު ކަމެއްވެސް ނޭނގިފާ
ދެންދެން އަނގައިން ބުނެފާނެޔޭ ހީކޮށް އެތާ ޔާރާ ލޮލަށް
ފެންނާނެހެން ގުޑިވެސް ނުލައި މަ ހުރީ ނުހަނު ކެތްމަދުވެފާ
ކަތިލާ މަގޭ ހިތް ވެސް މެޔާ އެކުގައި ޒަޚަމުވާތަން ދެކެން
ކަތި ފިޔަވަޅެއް ނާޅާ ހުރީ އާޝޯޚުވެވި ބަސްހުއްޓިފާ
ވިންދާ ލެޔާ އޮއިވަރު ބަދަލުކުރަމުން ހަށީގައި ލޫދެމުން
ހިންދާލެވޭން ނެތް އިޝްގު އައި އިޙުސާސްތަކުން ދަހިވެތިވެފާ
ކޮށްލީ އިޝާރާތުން ދުނިޔެ ރަންވީހެނޭ ހީވީ މަށަށް
އެއްލީ ނަޒަރު ސީދާވުމުން ސަހަރޯ! ހުރީމޭ ގަބުވެފާ
ހީލީ ގޮތުން ފިނިފެންމަލުގެ ހުވަނދުން ލިބުނު އުފަލާއެކީ
ފީލިންގު ވީއިރު އޮވެވުނީ ހުވަފެނުތެރޭ ލަދުރަކިވެފާ