ފަސްގަނޑަށް އޮތް ލޯތްބަކުން އެކުރާ ފަލަސްޠީނީ ޖިހާދެއް،
މަސްޖިދުލް އަޤްޞާ ޙިމާޔަތުގައި ކުރާ މަތިވެރި ޖިހާދެއް
މުސްލިމުން ފުރަތަމަ ޤިބުލަ އަތުލަން ޔަހޫދީން އަތްދަށުން،
މުސްލިމުން ޙައްޤަށްޓަކާ ކުރެވޭ އެއީ ޙައްގުގެ ޖިހާދެއް
"އުއްމަތުގެ މަތިވެރި ރަސޫލަށް، ދެއްވި އިސްރާ ދަތުރުފުޅު
ފެއްޓެވުނު އެއް މަންޒިލެއްގެ ދިފާއުގައި ކުރެވޭ ޖިހާދެއް"
ފޭރިގަނެގެން އައިސް އަރާތިބި ފޭރިކާ ނުލަފާ ޔަހޫދީން
ބޭލުމަށް އެބިމުން އަދައިގެން މުޅި ޢުމުރު ކުރެވޭ ޖިހާދެއް
އަޑިއަޑީ ތިބެގެން ޔަހޫދީ ޤައުމުތައް ބައިވެރިވެގެން،
އަދު ފަލަސްޠީނަށް ކުރާ އަނިޔާ ދިފާޢުކުރުން ޖިހާދެއް
އަދު ފަލަސްޠީނީން ޝަހީދުވެ، ޤަތުލުވާ މި ޖިހާދަކީ،
އަދު މިދުނިޔޭ މުސްލިމުން ޒިންމާ ނަގަން ވާނޭ، ޖިހާދެއް