Support Us

ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ސުޖާ. -ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ ތެރޭގައި ވައްކަމުގެ މުބާރާތެއް ފެށިގެން ކުރިޔަށް އެބަދޭ: ސުޖާއު

ދިވެހި ދައުލަތުގެ ތެރޭގައި ވައްކަމުގެ މުބާރާތެއް ފެށިގެން ކުރިޔަށްދާ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޓީވީ ޕްރޮގްރާމެއްގައި ސުޖާ ރޭ ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ދައުލަތުގެ ފައިސާ ނުހައްގު ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ. އަދި އެމްޑީޕީ ދެ ވެރިކަމުގައި ވެސް ޑޮލަރު ރޭޓަށް އަންނަމުންދާ ބަދަލާއި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެގެން ގޮސްފައިވާކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޖާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ވެރިންނަށް ގައުމުގެ މިސްރާބު ކުރިއަށްދާނެގޮތުގެ އެއްވެސް ޕްލޭނެއް ނޭނގުމުގެ ސަބަބުން ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެ، ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އެއްވެސް ވައްޓަފާޅިއެއް ހުރި ބައެއް ނޫން (މިއީ). ކޮވިޑް ވެގެންނެއް ނޫނޭ މިގައުމުގެ އިގްތިސާދު ފުނޑިގެން މިދަނީ. ހިންގަން ނޭނގިގެނޭ. އެމްޑީޕީއަށް ވެރިކަން ލިބުނީމަތޯ ޑޮލަރުގެ އަގު މައްޗަށް ދާންވީ؟" ސުޖާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން ވަރަށް ބޮޑަށް އޮތް އިރުވެސް އެކަންތައް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން މާ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންދާތަން ފެންނަަށް ނެތް ކަމަށާއި، ދަޢުލަތުގެ ތެރޭގައި ވައްކަމުގެ މުބާރާތެއް ފެށިގެން ކުރިއަށް ދާކަމުގެ އިހްސާސް ރައްޔިތުންނަށް ކުރެވޭ ކަމުގައެވެ.

އޭނާ ވިދާޅުވީ ގައުމުގެ ހާލަތު ބަދަލުނުވެ ކޮރަޕްޝަނާއި ފަސާދައިގައި އަބަދު ކުރިޔަަށް ދާކަމުގައި ވަނީނަމަ ބޮޑެތި ވިޔަފާރިތައް ބަނގުރޫޓްވެ އިގްތިސާދީ ގޮތުން ގައުމު ބިކަވުމުގެ ބިރު އެބައޮތް ކަމަށެވެ.

ސުޖާއު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރަށް އިގްތިސާދީ ހައްލު ނުގެނެވޭނެ ކަމަށާއި، ގައުމު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކުރުމަށް ޕީޕީއެމް/ޕީއެންސީން ވަރަށް އަވަހަށް ގޮތްތަކެއް ނިންމައި، އެ މަސައްކަތް ފަށާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް