އޮހޮރިގެންދާ ކަރުނަތައް ހިތްހަމަޖެހޭ އޮހޮރޭގޮތުން
ފުހެވިގެންދާނަމަ ކުށާ، ހިތްދަތިކަމާ އުފެދުނު ހިތުން
ކޮންމެ ހާލެއްގައި ވިޔަސް ތެދުވެރި ވަފާތެރިކަންމަތީ
އެންމެ އެކުގައި ކަރުނަވޭ، ބައިވެރިއަކަށް އެކިގޮތްގޮތުން
ފުންމިނެއް ނޭނގޭ ކަނޑުގެ ރާޅުގެ ޠަބީއަތްހެން އެކީ
ކޮންމެ ހާލަކު، ކަރުނަވާނޭ، އޭގެ ފިޠުރީ ހާލަތުން
ކައުނު މަޑުމޮޅިކަންމަތީ ވާހިނދު، ހަނދާނުގެ ސިލްސިލާ
ދައުރުކޮށް ބައްދަލުވަނީ، ވަގުތާއި ހާލަތު ހުރި ގޮތުން
ހާ އުފާވެރި ސާޢަތާ، އުއްމީދުކުރި ހުވަފެންތަކާ
ވީ އަރާމުގެ އަސްލަކަށްވީ ހަނދުމައާ ދުރުގައި އޮތުން
އިންތިހާ ވޭނާ ތަދާ، އަނިޔާތަކުގެ ދީލަތިކަމުން
އަންތަރީސްވާނޭ މިހަސްތީ އެކިގޮތަށްދިން ފުރުޞަތުން
އިމްތިޔާޒާ މިންތަކެއް، ކަރުނައިގެ އޮހޮރުން ވެސް ދަނޭ
އިމްތިޙާނުގެ ދުނިޔެއެއްގައި މިހިރަ ކަންކަން ވާގޮތުން