އޮޅި ގިރާކޮށްފައި ހިތަށް ވަތްނަމަ ހިތަށް އޯގާވެދީ
ހޮޅިނަގާފައި އަންނަ ރާޅުން، ހިތް ކުރަން މަތަ ނުކުމެދީ
މަޑުމަޑުން ނަމަވެސް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިޔަތް
ކުޑަވިޔަސް އޮތްނަމަ ކުރިން، އަންގައި ރުހުން ހޯދާލަދީ
ވޭންތަކާ އަނިޔާތަކުގެ، ކޫރުން ފެނުނުނަމައީ ހިތުން
އެންމެ ކޫރެއް ވެސް ނުވާހެން، ތިޔައަތުން ފުހެ ފޮރުވަދީ
ގިލަނުގައި އެތަކެއް ދުވަސްވީ، ތަދުތަކެއް ފެނުނަސް ހިތުން
ކުލުނުވެރި ފަރުދާއަކުން ފަރުވާ ހިތަށް ދީ ދޫނުދީ
ހިތުގެ ހިމަނާރާ އަސަރުތައް އެނގުނުނަމަވެސް ވަދެލުމުން
އިތުރު ގޮތަކަށް މިތުރު ކުޅެގެން ތިޔައަތުން ގޯނާނުދީ
ހިތުގެ ހުރިހާ ސިއްރުތައް ހިއްސާކުރީމާ، ފަސްދެމުން
ހިތުގެ ބޭރަށް ދާން އެދޭނަމަ، ހިތްކަފުންކޮށް ވަޅުލަދީ