އޭ ފަލަސްޠީނުގެބިމާ ތިޔައީ ޟަމީރުގެ ވިންދެކޭ
ލޭފަވެތި މުސްލިމް ހިތާ ރޫހާ ގުޅޭ އުންމީދެކޭ
***
ހައިކަލެއްގެ ނިޝާން ކަމަށް ދޮގެކޭ ކުރާ ދައުވާ އަކީ
މާކުރިއްސުރެ މުސްލިމުންގެ ބިނާއެކޭ އަޤްޞާ އަކީ
ފާކުރީ މިބިމަށް ޔަހޫދީން މާފަހުގެ އިއުލާނެކޭ
ތިޔަ ބިމާ ގުޅިފައިވަނީ ލޭގައި ހިނގާ ފުން ޣިޔަރަތޭ
ނިޔަތުގައި ދެގޮތެއް ނުވާ މިލްކީ އުދާހުގެ ހައިއަތޭ
ވިޔަނުވާ އެތަކެއް ހަގީގަތް ފެންނަ އެހުރީ ހެކިތަކޭ
ތިޔަ ބިމުން އިލްހާމުވޭ ރުސުލުންގެ މަތިވެރިވީ އަސަރު
ތިޔަބިމުން އިހުސާސްވޭ އެބަ ރޫޙު އައްޔޫބީ ފަޚުރު
ތިޔަ ބިމުގެ ހައްގަށް ޖިހާދުކުރުން މިއަދު މީ ފަރުޟެކޭ
މިންޖުވާނޭ މިންޖު ކޮށްދޭށޭ މުޤައްދަސް ތަރިކަތއް
ބިން އެކީ ޠާހިރު ކުރަން ވިސްނާ ނެރޭށޭ ފިކުރުތައް
އިންދިރާސް ވެގެން ދަނީ ޤިބުލައިގެ ފުރަތަމަ ޙަރަމެކޭ
ލޭހިލޭ އުންމަތުގެ ދެލޮލުން ދޭ މި އަނިޔާއާ އެކީ
ހޭލެވޭހޭ އޭ ޒަމާނާ ލޭ ދެމޭ ކޯރާ އެކީ
ބޭލުމީ މިބިމުން ޔަހޫދީން ދުންޔަވީ ޒިންމާ އެކޭ