Support Us

65 މީހުންނާ އެކު މި މަހު އެންމެ މަދުން ކޮވިޑަށް ޕޮޒިޓްވްވީ މިއަދު

ކޮވިޑް19 ޖެހިގެން މިއަދު 65 މީހުން ޕޮޒިޓިވްވެއްޖެ އެވެ. މިއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި އޮގަސްޓް މަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް މިވަރަށް ދަށްވި ފުރަތަމަ ފަހަރެވެ.

މި ބަލި ފެތުރޭ މިންވަރު އެންމެ ބޮޑަށް އިތުރުވާނެ ކަމަށް ލަފާކޮށްފައި ވަނީ މި އޮގަސްޓް މަހުގަ އެވެ. ނަމަވެސް ބަލިޖެހޭ މިންވަރު ޖެހިޖެހިގެން ދެ ދުވަހު 100 އިން ދަށްވެފައި ވަނިކޮށް އަނެއްކާ ވެސް އެ އަދަދު އުޅުނީ މީގެ ކުރިން ސަތޭކައިން މަތީގަ އެވެ.

ނޭޝަނަލް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވްވި 65 މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި 12 ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާގެ ދެ މީހުން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އެގޮތުން އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

މިބައްޔަށް މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި މުޅިން ވެސް ހިމެނެނީ މާލޭގައި ދިރިއުޅޭ މީހުން ހިމެނެ އެވެ. މިހާރު މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5223 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2354 ހިމެނޭއިރު 148 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ. މިބަލި ޖެހިގެން މިއަދު 67 އަހަރުގެ ފިރިހެނަކު މަރުވުމާ ގުޅިގެން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 20 އަށް އަރައިފަ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *