މިގައުމުގެ އެޑިޔުކޭޝަނުގައި ނެތޭ މާދަރިބަހުގެ ދައުރެއް
މިޤައުމުގެ މާދަރީބަސް ޙާލު، އަދު ހުންނާނީ ފަހެ ކިހިނެއް
އެޑިޔުކޭޝަނުގެ އެޑްރެހުގައި ނެރޭ އެކިއެކި ލިޔުންތަކުގައި،
ދިވެހިބަހުގައި ސުކުންކުރުމާއި، ތިކިޖެހުމަށް، ނެތޭ ހަމައެއް
ލިޔާމީހެއް، ބަލާމީހެއް، ކިޔާފައި ޗެކްކުރާ މީހެއް،
މިހާވަރުވެސް ބެލޭނަމައީ، މިޙާލަތަކަށް ނުދާނެ ކަމެއް
މިނޫން ފަދައެއްނެތޭ އަދު ދައުލަތުގެ އެއްވެސް އޮފީހެއްގާ
މިނޫން ދުވަހެއް ނުފެނި މާދަރިބަހަށް ނާންނާނެ ކުރިއެރުމެއް
އަމިއްލަ ބަހެއް މޮށެން ލިބުނަސް ފަޚްރުވެރިވާކަށެއް ނުޖެހޭ
އަމިއްލަ މިބަސް މޮށެން މާމޮޅު ބިދޭސީންކުރެ އެތައް "ބޮންދެއް"