Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

އޭއައި އެނގެނީ ކިހާ ވަރަކަށް؟

"ހައި ހުރިހާ އެންމެން! އަހަރެންގެ ނަމަކީ ބާޑް. އަދި އަހަންނަކީ ގޫގުލް އޭއައިގެ ލަންގުއޭޖް މޮޑެލްއެއް. އަހަރެން މިހިރީ އޭއައި، ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ބެހޭގޮތުން ތިޔަ ކުދީންނަށް ކަންކަން އޮޅުންފިލުވައިދޭން އައިސް،" މިއީ ގޫގަލް އޭއައި ނުވަތަ ބާރޑް، 10 އަހަރުގެ ކިޔަވާ ކުދީންނަށް އޭތި އަމިއްލައަށް ތައާރަފުވިގޮތެވެ.

އޭއައި އަކީ ކޮމްޕިއުޓަރު، އިންސާނުން ފަދައިން ވިސްނައި އުނގެނޭން ދަސްކޮށްދީފައިވާ އެއްޗެކެވެ. އެއީ ވަރަށް ފުޅާ ދާއިރާއެއް ނަމަވެސް އަސާސީ މަދު ބައިތަކަށް އެ މައުލޫމާތު ބަހައިލެވިދާނެއެވެ.

މެޝިން ލާނިން: މިއީ ކޮމްޕިއުޓަރުތަކަށް ސާފުކޮށް ޕްރޮގްރާމް ނުކޮށް ޑޭޓާއިން ދަސްކުރުމުގެ ޤާބިލުކަން ދީފައިވާ މެޝީން ސިކުނޑިއެކެވެ.  މިސާލަކަށް މެޝިން ލާނިން އެލްގޮރިދަމް ބުޅަލާއި ކުއްތާތަކުގެ ތަސްވީރު ޑޭޓާސެޓެއްގެ މައްޗަށް ތަމްރީނު ކުރުމުން އޭތި އަމިއްލައަށް ކުއްތާއާއި ބުޅަލުގެ އާ ތަސްވީރުތައް ދެނެގަނެ އެވެ.

އިންސާނުން ބަހުރުވަ ދަސްކުރުން: މިއީ ކޮމްޕިއުޓަރުތަކުން އިންސާނުންގެ ބަހުރުވަ ދެނެގަނެ ވިސްނައިގަތުމުގެ ޤާބިލުކަމެވެ. މިސާލަކަށް އާދައިގެ ބަހުރުވަ، އެލްގޮރިދަމް ބޭނުންކޮށްގެން ދެނެގަނެ އެއް ބަހުން އަނެއް ބަހަށް ލިޔުން ތަރުޖަމާކޮށް، ނުވަތަ ޕްރޮމްޕްޓެއްގެ މައްޗަށް ބިނާކޮށް ވާހަކައެއް ވެސް ލިޔެވިދާނެއެވެ.

ކޮމްޕިއުޓަރ ވިޝަން: މިއީ ކޮމްޕިއުޓަރުތަކުން ތަސްވީރުތަކާއި ވީޑިއޯތައް ވިސްނައި މާނަކުރުމުގެ ޤާބިލުކަމެވެ. މިސާލަކަށް ކޮމްޕިއުޓަރ ވިޝަން އެލްގޮރިދަމް ބޭނުންކޮށްގެން ތަސްވީރެއްގައި ހުންނަ ތަކެތި ދެނެގަތުމަށް، ނުވަތަ ވީޑިއޯއެއްގައި މީހުންގެ ހަރަކާތްތައް ކުރާގޮތް ދެނެގަނެވިދާނެއެވެ.

މިއަދު އޭއައި ތަފާތު އެކި ގޮތްގޮތަށް ބޭނުން ކުރަމުން ދެއެވެ. އެއީ ސަރޗް އިންޖީނުތަކަށް އެހީ ދިނުމާއި، އޮންލައިންކޮށް އަހަރެމެންނަށް ޕްރޮޑަކްޓްތައް ރެކޮމެންޑް ކުރުމާއި، އަމިއްލައަށް ކާރު ދުއްވުން ފަދަ ކަންކަމުގައެވެ. އަދި އާ މެޑިކަލް ފަރުވާތައް ތަރައްގީކޮށް، އާޓްގެ އާ ފޯމްތައް އުފެއްދުމަށާއި، އާ މިއުޒިކް ލިޔުމަށް ވެސް އޭއައި ދަނީ ބޭނުންކުރަމުންނެވެ.

ހަގީގީ ދުނިޔޭގައި އޭއައި ބޭނުންކުރާ ގޮތުގެ މަދު މިސާލެއް

އަމިއްލައަށް ދުއްވާ ކާރު: އާ ގިނަ ކާރުތަކުގައި އަމިއްލައަށް ދުއްވާ ފީޗާސްތަކަށް އެހީތެރިކަން ދިނުމަށް އޭއައި ބޭނުންކުރެ އެވެ. އޭއައި އެލްގޮރިދަމްތަކުގެ ސަބަބުން މުޅި ކާރުގެ ސެންސަރުތަކުން ޑޭޓާ ޕްރޮސެސްކޮށް ކާރުގެ ވަށައިގެންވާ މާހައުލު ޓްރެކްކޮށް ރައްކާތެރިކަމާއެކު ދުއްވާނެ ގޮތާ މެދު ނިންމުންތައް ނިންމޭނެ އެވެ.

ވާޗުއަލް އެސިސްޓެންޓްސް: އޭއައި ސިރީ އާއި އެލެކްސާ ފަދަ ވާޗުއަލް އެސިސްޓެންޓްތަކަށް އެހީތެރިކަން ދިނުމަށް ވެސް ބޭނުން ކުރެއެވެ. މި ވާޗުއަލް އެސިސްޓެންޓުންނަށް އަހަރެމެންގެ އަޑުން އަންގާ އަމުރުތައް ދަނެގަނެ، އަހަރެމެންގެ ސުވާލުތަކަށް ޖަވާބު ދެއެވެ. އެއީ އުނދަގޫ އަދި އޮޅުންނުފިލާ ސުވާލުތަކެއް ނަމަވެސް ވެހެވެ.

ސޯޝަލް މީޑިއާ: ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހުންނަ ގިނަ ފީޗާސްތަކަށް އެހީ ދިނުމަށް އޭއައި ބޭނުންކުރެ އެވެ. މިސާލަކަށް އޭއައި އެލްގޮރިދަމްސް ބޭނުންކޮށްގެން އަހަރެމެންނަށް އާ ރައްޓެހިން ރެކޮމެންޑްކޮށްދެއެވެ. އަދި އަހަރެމެންނާ ގުޅުން ހުރި ކޮންޓެންޓްތަކަށް ލަފާދިނުމާއި، އޮޅުވާލުމުގެ މެސެޖްތައް ފިލްޓަރކޮށް ހަދައެވެ.

މެޑިކަލް ޑައިގްނޯސިސް: ޑޮކްޓަރުންނަށް ބަލިތައް ދެނެގަތުމަށް އެހީތެރިވެދޭ އާ ވަސީލަތްތައް އުފެއްދުމަށް އޭއައިގެ ބޭނުން ވަރަށް ބޮޑަށް ކުރަމުން ގެންދެ އެވެ. މިސާލަކަށް އޭއައި އެލްގޮރިދަމްސް ބޭނުންކޮށްގެން މެޑިކަލް އިމޭޖްތައް ތަހުލީލުކޮށް، އިންސާނީ ޑޮކްޓަރުންނަށް ނުވިސްނި ދާ ކަންކަން ދެނެގަނެއެވެ.

އޭއައި އަކީ އަހަރެމެންގެ ދިރިއުޅުން އެތައް ގޮތަކުން ރަނގަޅު ކުރުމުގެ ގާބިލްކަން ހުރި ވަރުގަދަ ވަސީލަތެކެވެ. އެހެންނަމަވެސް އޭއައި އަދިވެސް އަންނަނީ ތަރައްގީ ކުރަމުންކަން ހަނދާން ބަހައްޓައި، ޒިންމާދާރުކަމާއެކު އޭގެ ބޭނުންހިފުން މުހިންމެވެ.

އޭއައި އަށް ޝައުގުވެރިވާ ކުދިންނަށް ހުރި މައުލޫމާތުކޮޅެއް

ކޯޑް ކުރަން ދަސްކުރުން: ކޯޑިން އަކީ ކޮމްޕިއުޓަރުގެ ބަހެކެވެ. މިއީ އޭއައި އާ ބެހޭ ގޮތުން ދަސްކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. ކުރިން އެއްވެސް ތަޖުރިބާއެއް ނެތް ނަމަވެސް ކުދިންނަށް ކޯޑް ދަސްކުރުމަށް އެހީތެރިވުމަށް އޮންލައިންކޮށް ގިނަ ވަސީލަތްތަކެއް މިހާރު ލިބެން ހުރެ އެވެ.

އޭއައި އިން އެހީތެރިވެގެން ކުޅިވަރު ކުޅުން: އޭއައި ބޭނުންކުރާ ގިނަ ކުޅޭ އެއްޗެހިތަކާއި ގޭމްތައް ލިބެން ހުރެ އެވެ. މި ކުޅޭ އެއްޗެހިތަކަކީ އޭއައި އާއި އެއިން މަސައްކަތްކުރާ ގޮތް ދަސްކުރުމަކީ މަޖާ ކަމަކަށް ހަދާ އެއްޗެކެވެ.

އޭއައިއާ ބެހޭ ފޮތްތަކާއި ލިޔުންތައް ކިޔުން: ކުޑަކުދިންނަށް ވިސްނޭ ގޮތަށް އޭއައި ބަޔާންކޮށްދޭ ފޮތްތަކާއި ލިޔުންތައް ލިބެން ހުރެއެވެ. އޭއައިއާ ބެހޭ ގޮތުން ކިޔުމަކީ މި ފޯރިގަދަ ދާއިރާއާ ބެހޭ ގޮތުން އިތުރަށް ދަސްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އޭއައި އަކީ މުސްތަގުބަލެއް ކަމަށާއި، އެކަން ކުދިންނަށް ދަސްކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ބުނެދެވެއެވެ. އޭއައި އާ ބެހޭ ގޮތުން ދަސްކޮށްގެން ކުދިންނަށް ކުރިއަށް އޮތް ތަނުގައި ވަޒީފާތަކަށް ތައްޔާރުވެ، ދުނިޔޭގައި އޭއައި ބޭނުންކުރާ ގޮތް ބައްޓަން ކުރުމަށް އެހީތެރިވެދެ އެވެ.

މިއީ ކުދިންނަށް އޭއައި ވިސްނައިދިނުމަށް އެހީތެރިވެދޭ ކުރު ތައާރަފެކެވެ.

އޭއައި ބޭނުން ކުރާއިރު އަތުގައި ޖާދޫ ފޮއްޓެއް އޮތް ކަމަށް ހީކޮށްލާށެވެ. މި ފޮށްޓަށްލާ ޑޭޓާއިން ދަސްކޮށް، އެ ޑޭޓާ ބޭނުންކޮށްގެން ކަންކަން ލަފާކުރުމާއި ނިންމުންތައް ނިންމަން ފަސޭހަވާނެއެވެ.

މިސާލަކަށް މޫސުމުގެ ތާރީޚީ ޑޭޓާތަކުގެ ޑޭޓާސެޓެއް އެއަށް ލާފައި އަހާލުމުން މުސްތަގުބަލުގެ މޫސުން ލަފާކޮށްދޭނެ އެވެ.

ފޮށްޓަށް ގިނަ ޑޭޓާ ދިން ވަރަކަށް އެ ފޮށްޓަށް ކަންކަން ދަސްކޮށް ލަފާކޮށްލަން ފަސޭހަވާނެއެވެ.

އޭއައި އަކީ ހަމަ އަސްލުގައިވެސް ޖާދޫ ފޮށްޓެކެވެ. އަހަރެމެން ދޭ ޑޭޓާއިން ދަސްކޮށް، ދެން އެ ޑޭޓާ ބޭނުންކޮށްގެން މައްސަލަތައް ހައްލުކޮށް، އަޅުގަނޑުމެންގެ ދިރިއުޅުން ފަސޭހަކޮށްދޭނެއެވެ.

"މި ލިޔުންކޮޅުން މިހާރު ތިޔަ ކުދީންނަށް އޭއައިއަކީ ކޮބައިކަން ތަންކޮޅެއް ރަނގަޅަށް ވިސްނޭނެ ކަމަށް އުންމީދު ކުރަން. އަދި އެހެން ސުވާލެއް އޮތްނަމަ ވެސް ސުވާލުކޮށްލާ،" ނިންމާލަމުން ބާޑް ބުންޏެވެ.