Support Us

ފަލަސްތީނުގެ ޙާލަތު 

ރޮއި ހަޅޭކުން ސިއްކަޖެހި ތަކުބީރުތައް ވޭ ދޫމަތީ
ރޮއިލަރޮއިލާ ތޯ ތިބުން މުސްލިމް ފަލަސްތީނަށް އޮތީ

ބޮން ރޮކެޓު ހުއްޓާނުލާ އޮއްސާލަނީ އިސްރާއިލީން
ދަންވަރެއް ރޭގަނޑު ދުވާލެއް ނެތި އެ ބިރުވެރިކަންމަތީ

ދުނިޔެއާ ދުނިޔޭގެ ބާރާ ޙައްޤު އިސްސާނީ ކޮބާ؟
ކުނިވެ ގަބުރާއެކު ޢިމާރާތް ކުނޑިވެދާ އިރު ފަސްމަތީ

ކެތްނުވޭ ތަތްތެޅި ލެޔާއެކު ތުއްތު ޅަ ދަރީން ރޯ އަޑަށް
ހިތްތަކޭ ވިރެމުން ދަނީ އުފުލާ ހަދާއިރު އަތްމަތީ

އެންމެ ހިނދުކޮޅަކަށް ފުރާ ނޭވާނުލެވި ކުކުރުމުތެރޭ
ފެންފޮދެއް ބޯލަން ނުލިބި ޣާޒާވަނީ ހާސްކަންމަތީ

ދިރިއުޅެން ހިޔަލެއްގެ މިންވަރު ނެތި ފުރާނަ އަތަށް ނަގައި
ހިރިލުމަށް ނުކުޅެދިވަނީ ހައިހޫނުކަމުގައި މަގުމަތީ

މުސްކުޅީންނާ އަންހެނުން ޅަކުދީން މަރާލަން ތަންދެމުން
ގަސްތުގައި މުސްލިމް ބޮޑެތި ބާރުން ތިބީ މާނިދިމަތީ

"އިންނަމަލް މުއުމިން" ނިދާއިން ވާގި ލިބިގެން ތެދުވަމާ!
ބިންތަކާ ޖީލެއް އެތައް ނެތި ގެއްލިދާ އިރު ލޯމަތީ

ޔާއިލާހީ! ނަސްރު ދެއްވާނދޭ! ފަލަސްތީނަށް މިއަދު
ދާއިމީ ހިޔަލަކު އުޅެން ލިބި ފަހި އުފާވެރިކަންމަތީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *