ނޭވާ މިހެން ހިނގިޔަސް ހަށީ، ދިރުމެއް ނެތޭ މި ފުރާނަޔަކު
ދީވާނަކުރި ލޯބީގެ ހިތި އަސަރެއްމެ ނޫނީ ނެތް ލެޔަކު
އަބަދުމެ ލޮލަށް ސިފަވާ ހިތުގެ ތަސްވީރުގައި ވާ ސޫރައިން
ގަބަރާވެފައި މުޅި ހިތްވަނީ، ކުލައެއް ނުވާ ހުވަފެންތަކަކު
އޮވެ އޮޅުލަމުން ބާލީހުގައި، އޮހޮރާ ކަރުނަ ހަނދުމައިން މުތީ
ދޮވެލާނެހާ ބާރެއް ނެތޭ، ބޯކޮށް ވެހޭ ފިނި ވާރެޔަކު
ހިނިތުންވަމުން އައިސް ކުރިމަތީ، ބާއްވާލި މަކަރުގެ ދާންމަތީ
ފިނިކަން ހިތަށް ލިއްބައިދެވޭ ފަދަ ފިނިކަމެއް ނެތް ރޯޅިއަކު
ދެގޮތެއް ނުވާން ކުރި ވަޢުދުތައް، ވީމާ ބިލާހީ ހުވަފެނަށް
މިގޮތަށް ކޮޅަށް ހުންނާނެހާ ހިތްވަރުނެތޭ އަހަރެން ފަޔަކު
ބައްސާލުމުން އިޝްގުގެ ރިތުން، ކަނޑުގައި ޣަރަގުވީމާ މިތާ
އައްސޭރިއަށް ގެންގޮސްދެވޭ ފަދަ އެއްނެތޭ މި ހިނގާ އޮޔަކު