Support Us

މިންގަނޑުތަކާ ހިލާފްވި 258 ތަނެއް ވަނީ ބަންދުކޮށްފައި

އާއްމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ފަށައިފައިވާ މަޝްރޫއުގެ ދެވަނަ ބުރު ނިމުނުއިރު 258 ތަނެއް ބަންދުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑާ ގުޅިގެން އާއްމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މާލެ ވިލިމާލެ ހުޅުމާލެ ތިލަފުށީގެ އިތުރުން ހުޅުލޭގައި އާއްމު ހިދުމަތްދޭ 1545 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 258 ތަނެއް ބަންދުކޮށްފައިވަނީ އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފްވެގެންނެވެ. ބަންދުކުރި ތަންތަނުގެ ތެރޭގައި މާލެއިން 204 ތަނަކާއި ހުޅުމާލެއިން 48 ތަނަކާއި ވިލިމާލެއިން ތިން ތަނެއްގެ އިތުރުން ތިލަފުށިން ތިން ތަނެކެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ ޖުލައި މަހު ފެށި މި މަސްކަތުގެ ދެވަނަ ބުރުގައި 486 ކެފޭ/ރެސްޓޯރެންޓްގެ އިންސްޕެކްޓްކޮށް އޭގެތެރެއިން މިންގަނޑުތަކާ ހިލާފުވެފައިވާ 92 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އަދި 908 ފިހާރައެއް އިންސްޕެކްޓޮށް އޭގެ ތެރެއިން 107 ތަނެއް ވަނީ ބަންދުކޮށްފައިއެވެ. ސެލޫން/ ބޯކޮށާ 112 ތަނެއް ބަލާފާސްކުރުމަށް ފަހު އޭގެ ތެރެއިން 51 ތަނެއް ވަނީ ބަންދުކޮށްފަ އެވެ. އަދި 21 ޖިމްގެ ތެރެއިން ދެ ޖިމެއް ވަނީ ބަންދުކޮށްފަ އެވެ. މީގެއިތުރުން 18 މާކެޓެއް އިންސްޕެކްޓްކޮށް 6 މާރުކޭޓު ވަނީ ބަންދުކޮށްފަ އެވެ.

އާއްމު ސިއްހަތުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހެލްތް މިނިސްޓްރީއާ ކަމާ ބެހޭ ފަރާތްތަކުން ގުޅިގެން ފަށައިފައިވާ މާސް އިންސްޕެކްޝަންގެ ދެވަނަ ބުރު ނިމިފައިވާއިރު ތިން ވަނަ ބުރެއް މި އޮގަސްޓް މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖައްސައިފަ އެވެ.

 

 

 

 

 

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *