Support Us

މުސްލިމު އުއްމަތެއް އެ ހަނާވަނީ…

ހިއްސުއްތައް މަދުވީހެ؟ މުސްލިމު އުއްމަތެއް އެ ހަނާވަނީ
ރުއްސުމަށް ގަދަ ބާރުތައް، ތެދުވާށެ ތިޔަ ބިރުގަންނަނީ

މަސްޖިދުލް އަޤްޞާގެ ޙުރުމަތް ކެނޑުމުގައި ކާފިރުތަކުން
އިސްނަގާ އަޤްޞާ ބިމަށް ބޮންތައް އަޅަން ދީލަތިވަނީ

ތުއްތު ނަފްސުގެ ޙުރުމަތަށް ނުބަލާ ޔަހޫދީން ޙަމަލަދީ
އުއްތަކެއް ފަދައިން އެ ހަށިތައް މާތްބިމަށް ވިރުވާލަނީ

އަންހެނެއް ކުޑައެއް ބޮޑެއްނެތި ކަތިލަމުންދާއިރު އެތާ
ފުންހިތާމައަކުންނެ، ނޫނޭ ދުނިޔެ ލޯ މަރަމުންދަނީ

ދިރިއުޅޭން އުއްމީދުކޮށްގެން ކުރި ޢިމާރާތްތައް ބިމާ
ކުރިމަތިން އައި ޙަމަލަތަކުގައި، ތިރިކޮށޭ އެ އަޅާލަނީ

ރޮއި ފަލަސްތީނުގެ އަޚުންނާ އުޚުތުނާ އެ އެދޭ ފަދައިން
އައިސް ކުރުން ލާޒިމް ޖިހާދަށް، މުސްލިމުން މަންމަންވަނީ

ޔާ އިލާހީ! ދެއްވަ ވާނދޭ! ނަޞްރު މުސްލިމު އުއްމަތަށް
ދާއިމީ މި ޖިހާދުގައި، އައްޑަނައަކަށް މާތް ދީންވަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. "މުސްލިމް އުއްމަތެއް އެ ހަނާ ވަނީ" މިއީ ރަނގަޅު ގޮތެއް ނޫން. ފަލަސްޠީނަކީ ދުނިޔޭގައި ވާ މުސްލިމް އެތައް އުއްމަތެއްގެ ތެރެއިން އެއް އުއްމަތެއް ނޫން. ދުނިޔޭގައި އޮންނަނީ މުސްލިމް އެންމެ އުއްމަތެއް. ފަލަސްޠީނަކީ ވެސް އެ އުއްމަތުގެ ބައެއް. އެހެންވީމާ، އުއްމަތުގެ އެއްބައި އެ ހަލާކު ވަނީއޭ ބުނެވިދާނެ. އެކަމަކު، ފަލަސްޠީނަށް އެކަނި ނިސްބަތް ކޮށް އެއީ މުސްލިމް އުއްމަތެކޭ ނުބުނެވޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *