* ރާގު: ތުމް އަޕްނީ ޔާދު ބީ ދިލްސޭ
ފަލަސްޠީނީން އުޅޭ ޙާލާމެދަށް ނުރޮވޭ ވަރެއް ނޫނޭ
ބަލަން މިލޮލުން އެ އަނިޔާތައް ހިތަށް ކެތްވާވަރެއް ނޫނޭ
ވެހޭ ވާރޭފަދައިން އޮހެމުން،ބޮމާ،ބަޑިއާ، މިސައިލުތަކާ (2)
އިވޭ ރުއިމާ ހަޅޭލެވުމާ، އިވޭ ތަކުބީރު، ތަހުލީލާ
އިވޭ ގިސްލާއަޑާ ރޯއަޑު، އަހަން ކެތްވާވަރެއް ނޫނޭ
ފަލަސްޠީނީން އުޅޭ…
ލިބެން ބޯފެންފޮދެއް، ކާއެތިކޮޅެއް، ވޮށް އަލިކަމެއްނެތިފާ (2)
ތިބެން ވަންނާނެ ވަޒަނެއްވެސް މިބިމުގައިއަދު ކޮޅަށްނެތިފާ
އެނިކަމެތި ޙާލުގައި ތިބިގޮތް ބަލަން ކެތްވާވަރެއް ނޫނޭ
ފަލަސްޠީނީން އުޅޭ…
ދަރީންނާ މައިބަފައިންނާ ޢާއިލާޔާ މަރުވެގެން އެކުގާ (2)
ވަކިންމިކަމަށްއެހީވާނޭ ބަޔަކު ފެންނަން އެތާ ނެތިފާ
ޔަތީމުވެފައި އެވާ ޅަދަރީން ބަލަން ކެތްވާވަރެއް ނޫނޭ
ފަލަސްޠީނީން އުޅޭ…
ނުބައި ޢިޒުރޭލު ޣައްދާރުން ނުބައިކަން ޙައްދު ފަހަނައެޅުން (2)
ނުބައިވީ ޤާތިލުން އަނިޔާއިން ފަލަސްޠީނުގެ ޖިހާދީންނަށް
އުފާވެރި ނަޞްރަކަށް އެދިގެން ދުޢާނުކުރާވަރެއް ނޫނޭ
ފަލަސްޠީނީން އުޅޭ…