Support Us

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 20 އަށް އަަރައިފި

ކޮވިޑް19 ޖެހިގެން އުމުރުން 67 އަހަރުގެ ފިރިހެނަކު މަރުވެއްޖެ އެވެ. މިއީ މިބަލި ޖެހިގެން ރާއްޖެއިން މަރުވި 20 ވަނަ މީހާ އެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހިގެން މިއަދު މަރުވި މީހާ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.

ކޮވިޑް19 ޖެހިގެން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، އިއްޔެ ވެސް 116 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

މި ބަލި ފެތުރޭ މިންވަރު އެންމެ ބޮޑަށް އިތުރުވާނެ ކަމަށް ލަފާކޮށްފައި ވަނީ މި އޮގަސްޓް މަހުގަ އެވެ. ނަމަވެސް ބަލިޖެހޭ މިންވަރު ޖެހިޖެހިގެން ދެ ދުވަހު 100 އިން ދަށްވެފައި ވަނިކޮށް އަނެއްކާ ވެސް މިވަނީ ކުރިން އޮތް މިންވަރަށް އިތުރުވާން ފަށައިފަ އެވެ.

މި ބައްޔަށް އިއްޔެ ޕޮޒިޓިވްވި 116 މީހުންގެ ތެރޭގައި ހިމެނެނީ 77 ދިވެހިންނާއި 27 ބަންގްލަދޭޝް މީހުންނާއި ސްރީލަންކާގެ ހަ މީހުންނާއި އިންޑިއާގެ ފަސް މީހެއްގެ އިތުރުން ނޭޕާލް ދެ މީހުންނެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އެގޮތުން އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން ދެފަހަރެއްގެ މަތިން އަދަދު ދަށަށް ދިޔަ ނަމަމަވެސް އަނެއްކާވެސް އަދަދުތައް މިވަނީ މުޅިން ވެސް ސަތޭކައިން މަތީގައެވެ.

މިބައްޔަށް އިއްޔެ ޕޮޒިޓިވް މީހުންގެ ތެރޭގައި މާލޭގައި ދިރިއުޅޭ 111 މީހުންގެ އިތުރުން އަތޮޅުތަކުން ފަސް މީހުން ހިމެނެ އެވެ. މިހާރު މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 5157 އަށް އަރައިފަ އެވެ. ޕޮޒިޓިވް ކޭސްތަކުގެ ގޮތުގައި 2303 ހިމެނޭއިރު 145 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *