ފަލަސްޠީނީ މުޖާހިދުނޭ ކުރޭ ހިތްވަރު ނެރޭ ހިތްވަރު
ފަލަސްޠީނާ ގުދުސް މިނިވަން ކުރޭ ހިތްވަރު ނެރޭ ހިތްވަރު
އެތައް އަނިޔާ ނުހައްގުން ލިބި އެތައް ޖީލެއްގެ ލޭ އޮހުރުނު
އެތައް ގަރުނެއްވި ލޮބުވެތި ބިން ކުރަން މިނިވަން ނެރޭ ހިތްވަރު
ޔަހޫންދީންނަށް އޮތީ ދިޔުމޭ މިއީ ﷲ އަމުރުފުޅޭ
ޔަހޫދީން ދާނެ! އަދި ބަލިވާނެ! މުޖާހިދުނޭ ކުރޭ ހިތްވަރު
މުޤައްދަސް މާތްވި އަޤްޞާ މިސްކިތާ ޤުދުސާ މި ފަދަ ތަންތަން
މުޤައްދަސްކަން މަތީ ދެމިވާން ކުރޭ ހިތްވަރު ނެރޭ ހިތްވަރު
ފަލަސްޠީނުގެ ބިމުން ހަމަ އެންމެ ކުޑަކުޑަ ވެލިފުކެއް ނަމަވެސް
ފަލަސްޠީނުގެ އަދުއްވުންނަށް ނުދޭން ހިތްވަރު ކުރޭ ހިތްވަރު
ދުޢާތައް ހިތުގެ ހެޔޮ އެދުމާ ވަނީ އެކުގައި ތިބާމެންނާ
ދުޢާ ކުރަމުން ވަރަށް ސާބިތުވެ ތިބެ އެކުގައި ކުރޭ ހިތްވަރު