Support Us

އެއާ ޓެކްސީތަކަށް ތެޔޮއަޅާ ޓޭންކްތައް ބަހައްޓާފައި ހުންނަ ސަރަހައްދާ ކައިރީގައި އަލިފާން ރޯވެފައި -އަދިވެސް ފޮޓޯ

ފިހުނު މީހާގެ ހަށިގަނޑުގެ 83 ޕަސެންޓް ވަނީ ފިހިފައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެމްއޭސީއެލްގެ މުވައްޒަފުގެ ހަށިގަނޑުގެ 83 ޕަސެންޓް ފިހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަދިވެސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 46 އަހަރުގެ އެ ފިރިހެން މީހާ ރޭގެ ވަގުތެއްގައި އައިސީޔޫއަށް ބަދަލުކޮށް ފަރުވާދެމުން އަންނަ ކަމަށާއި އޭނާ ހަށިގަނޑުގެ 83 ޕަސެންޓް ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.

އައެމްއޭސީއެލުން ބުނެފައި ވަނީ އިއްޔެ އިރުއޮއްސުނުއިރު މި އަލިފާނުގެ ހާދިސާ ހިނގި ގޮތުގެ ތަހްގީގު ފަށައިފައިވާ އެވެ.

އަދިވެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގަން މެދުވެރިވީ އެއާ ޓެކްސީތަކަށް ތެޔޮއަޅާ ޓޭންކްތައް ބަހައްޓާފައި ހުންނަ ސަރަހައްދާ ކައިރީގައި ތެޔޮހޮޅިއެއް ވެލްޑް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި މި ހާދިސާގައި ފިހުނީ ވެލްޑް ކުރަން އިން އެމްއޭސީއެލްގެ މުވައްޒަފެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *