ރާގު: ކަލާ މިއަދު ތިހުރީ މަށާ ނުރުހިފާހޭ؟
މަލާ މަލުގެ ދަސްތާތަކުން ޝުކުރިޔާއޭ
އަލުން އައި އަހަރު އެދުރުނަށް ތަހުނިޔާއޭ
ދުލާ ހިތުގެ ވެދުމޭ މިއީ ޝުކުރިޔާއޭ
ފިލައިގެން ނުދާ ޚިދުމަތަށް ޝުކުރިޔާއޭ
ކޮށައިދޭނެ މަގުތައް ދަރީންނަށް ހިނގާނޭ
ވޮށެއްހެން ކުރޭ އަލި ވުޖޫދަށް "އެ ނޫރުން"
ފިލައިގެން ނުދާ ޚިދުމަތަށް ޝުކުރިޔާއޭ
ދެވޭ ޢިލްމު ހުނަރާއި ހިލްމާ ދަރުސުތައް
ފެވޭ ގައުމުގައި ރީތި ނަލަ މަންޒަރުންނޭ
މަލާ މަލުގެ ދަސްތާތަކުން ޝުކުރިޔާއޭ
ގެތޭ އުލްފަތާ ދޭ ތި ހޭހަން ދަރީންނަށް
ނެތޭ ތިލަފަތެއް ވެސް ކިރާނޭ ތަރާދެއް
މަލާ މަލުގެ ދަސްތާތަކުން ޝުކުރިޔާއޭ
ފަވާލެވިދަނީ ނަން ތި އެދުރުން ރަނުން ރަތު
ހަވާގައި ވިދާ ޖައްވުގައި ބަބުޅަމުންނޭ
ފިލައިގެން ނުދާ ޚިދުމަތަށް ޝުކުރިޔާއޭ