އަދިވެސް އޮންލައިންގެ ވެބްސައިޓަށް ކުރިމަތިވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ރޭ 10:10 އިން ފެށިގެން މި ވެބްސައިޓަކަށް ނުވަދެވެ އެވެ. އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އަލުން ވެބްސައިޓަށް ވަދެވޭވަރުވީ މިއަދު 02:30 ގަ އެވެ.
ވެބްސައިޓަށް ވަދެވަޑައިނުގެންނެވުމުގެ ސަބަބުން ކިއުންތެރިންނަށް ކުރިމަތިވެވަޑައިގެންނެވި ދަތިތަކަށް އަދިވެސްގެ މެނޭޖްމަންޓުގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމު އެވެ.
ޝުކުރިއްޔާ
އެޑިޓަރ
11 އޯގަސްޓް 2020