Support Us

މީ މަގޭ އުފަން ބިމޭ: ރާއްޖެދިވެހި މީ

ދިވެހި މި މާކަނޑުތެރޭ

ހުދުފެހި މުތް ހެން ދިރޭ

މީ މަގޭ އުފަން ބިމޭ

ރާއްޖެދިވެހި މީ

 

ރިވެތިވި ފުށިރަށްތަކާ

މަލަ ފެހި ރުއްގަސްތަކާ

ކަނޑުނޫ ވިލުފަޅުތަކާ ފަރުގިރިހާ ވޭ

މީ މަގޭ އުފަން ބިމޭ

ރާއްޖެދިވެހި މީ

 

މާވަހިލާ ކަނޑުތަކާ

ބާނި ނަގާ ކަނޑުކަނޑާ

މާނަލަކޮށް ލާ ތެމޭ ދަތުރަށް ފައްސޭ

މީ މަގޭ އުފަން ބިމޭ

ރާއްޖެދިވެހި މީ

 

މާމަލޭކަނޑު ނަން އިވޭ

ދެން ގައްލަންދޫ ކަނޑޭ

ބަރަވެލިކަނޑު ގަދަކަނޑޭ ސަމުގާ ދަނެޔޭ

މީ މަގޭ އުފަން ބިމޭ

ރާއްޖެދިވެހި މީ

 

ކާށިދޫ ކުޑަ ބޮޑު ކަނޑާ

ކަނގިކަނޑު ނަން ހަނިކަނޑާ

ދެބުރިދޭތެރެ ކަނޑު ނަމީ ޗެނަލް މޮރަސްބީ

މީ މަގޭ އުފަން ބިމޭ

ރާއްޖެދިވެހި މީ

 

ގޭދޮށުކަނޑު ނަން އިވޭ

ވާދޫކަނޑު އެބަ އޮތޭ

އަލިކަނޑު ފުލިދޫކަނޑާ އަރިއަދު ކަނޑު ވޭ

މީ މަގޭ އުފަން ބިމޭ

ރާއްޖެދިވެހި މީ

 

ވައްޓަރު އުތުރުން ކަނޑެއް

ވައްޓަރު ދެކުނުން ކަނޑެއް

ފުށްޓަރު ބޭރުން ދިޔަސް ފުށިކަނޑު ފެނެޔޭ

މީ މަގޭ އުފަން ބިމޭ

ރާއްޖެދިވެހި މީ

 

ހައްދޫކަނޑު ބިޔަކަމޭ

ހުވަދޫކަނޑު ފުންކަމޭ

މުލަކުކަނޑުގެ ނަލަކަމޭ އުފަލުން ފުރެޔޭ

 

އައްޑޫ ދެކުނުގެ ކަނޑާ

އައްޑޫ ނިސްބަތްކަނޑާ

އައްޑޫ ބޮޑު އަތޮޅެކޭ މަލަނަލަ ރީއްޗޭ

މީ މަގޭ އުފަން ބިމޭ

ރާއްޖެދިވެހި މީ

 

މާވަހަރުގެ މީ ކަނޑޭ

ހުދުކަޅު އެންދެރި ހެދޭ

މާޗާލޫ މަސްމަހުން މުއްސަނދިވި ކަނޑޭ

މީ މަގޭ އުފަން ބިމޭ

ރާއްޖެދިވެހި މީ

 

ނޫފުންފުން މީކަނޑޭ

ރީތި ދިވެހި މާކަނޑޭ

މީ ދިރުމޭ މީއުފާ އަބަދަށް ލިބިދޭ

މީ މަގޭ އުފަން ބިމޭ

ރާއްޖެދިވެހި މީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *