Support Us

ޑިންގީތަކަށް ހާއްސަކޮށް ހުޅުމާލެ ހުޅަނގު ދެކުނު ބަނދަރު ތަރައްގީކުރުން ޖީޕީއެލް ހޯލްޑިންގްސްއާ ހަވާލުކޮށްފި

ހުޅުމާލޭ ހުޅަނގު ދެކުނު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސިންގަޕޫރުގެ ޖީޕީއެލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން ޑިންގީ ހާބަރ، ކޮމާޝަލް ޑެވެލޮޕްމެންޓް އަދި ވެހިކިއުލަރ ހާބަރ ތަރައްގީކުރެވިގެންދާނެ ކަމަށް އާބަންކޯ އިން ބުނެއެވެ.

މި ވަގުތު މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވަނީ އެންމެ ޖެޓީ ހާބަރަކަށްވެފައި މި ހާބަރަކީ އެކަށޭނެ ބޮޑުމިނެއްގެ ހާބަރަކަށް ނުވުމުން، ޑިންގީ ގެންގުޅޭ ފަރާތްތަކަށް ދިމާވާ ދަތިތަކަށް މި މަޝްރޫއުގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށް ވެސް އާބަންކޯ އިން ބުނެއެވެ.

"ހަމަ އެހެންމެ ހުޅުމާލޭގައި މިވަގުތު ކަމް ކާގޯ ވެސެލަށް ހާއްސަކޮށްގެން ހާބަރެއް ނެތުމުން، ދިމާވާ ދަތިތަކަށް ވެހިކިއުލަރ ހާބަރ ތަރައްގީކުރުމުން ހައްލު ލިބިގެންދާނެއެވެ." އާބަންކޯ އިން ބުނެއެވެ.

"މީގެ އިތުރުން މި ސަރަހައްދުގައި ޕާކިން ޒޯނެއް ތަރައްގީ ކުރެވިގެންދާނެއެވެ. މީގެ ސަބަބުން މާލެ ސަރަހައްދުގައި އުޅަނދު ޕާކް ކުރުމަށް ދިމާވެފައިވާ ގޮންޖެހުމަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބިގެންދާނެއެވެ. އެގޮތުން ކާރު، ސައިކަލްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޕާކިން ސްޕޭސް ގާއިމްކުރެވިގެންދާނެއެވެ. ހަމަ މިއާއެކު ކޮމާޝަލް ޑެވެލްޕްމެންޓަށް ތަފާތު ސްޕޭސެސްތައް ތަރައްގީ ކުރެވިގެންދާނެއެވެ."

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *