Support Us

އެއާ ޓެކްސީތަކަށް ތެޔޮއަޅާ ޓޭންކްތައް ބަހައްޓާފައި ހުންނަ ސަރަހައްދާ ކައިރީގައި އަލިފާން ރޯވެފައި -އަދިވެސް ފޮޓޯ

ވީ.އައި.އޭގައި ހިނގި އަލިފާނުގެ ހާދިސާއެއްްގައި މީހަކު ވަރަށް ބޮޑަށްް ފިހިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެއާ ޓެކްސީތަކަށް ތެޔޮއަޅާ ޓޭންކްތައް ބަހައްޓާފައި ހުންނަ ސަރަހައްދާ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ތެޔޮހޮޅި ވެލްޑް ކުރުމުގެ މަަސައްކަތް ކުރަމުން ދަނިކޮށެވެ. މި ހާދިސާގައި ވެލްޑް ކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔަ އެމްއޭސީއެލްގެ ދިވެހި މުވައްޒަފަކު ވަރަށް ބޮޑަށް ފިހިގެން އޭނާ އައިޖީޢެމްއެޗަަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މަައުލޫމާތު ލިބޭ ގޮތުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ އެމްއޭސީއެލްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ނިއްވާލަައިފަ އެވެ.

އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށް ދެއްވި ނަމަވެސް، އެކަމާ ބެހޭ ތަފްސީލެއް އެއާޕޯޓްގެ މީޑިއާ އޮފިޝަލް ނުދެއްވި އެވެ.

އަދިވެސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަލިފާންގަނޑު ރޯވެފައި ވަނީ އެމްއޭސީއެލްގެ ތެޔޮ ޓޭންކްތަކުން އައިލޭންޑް އޭވިއޭޝަންގެ އެއާޓެކްސީތަކަށް ދޫކޮށްފައިވާ ތެޔޮ ހޮޅިއެއް ކައިރީގަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *