ވެރިކަން އެއީ ﷲ އަށް ނޫނީ ނުދެއްވޭނޭ ކަމެއް
ގެރި ބަކަރިއަށް އަޅުކަންކުރާ މީހުންގެ ބާރެއް ނެތްކަމެއް
ކެންޕޭނުކުރުމުގެ އުކުޅަކަށް، މީހުންގެ އަބުރާ ޢިއްޒަތަށް،
ފެންދީ، އެކަތިލާ ޙާލަތަށް ގެންދަން، މިދީނުގަ ނެތްކަމެއް
މުސްލިމް ސަތޭކަ ޕަސެންޓު ގައުމެއްގާ ކުރާ ކެންޕޭނުގައި
ދުޝްމިނުވިޔަސް މީހުންގެ އަބުރާ ބެހުމަކީ މިޙަރާން ކަމެއް
މަކަރާއި ޙީލަތްތެރި ޔަހޫދީންނާ ގުޅައިގެން ރާވަނީ،
"މަކަރެއްވިޔަސް ﷲ އަށްވުރެ ވަކިމޮޅަށް ނެތް ވާކަމެއް"
ވިސްނައި ނިކަން ހޭލައިތިބެންވީ ހަރުދަނާ އީމާނުގައި،
އިސްލާމްދީނާ އުއްމަތަށް ނުހެދޭނެ ދެރަ އެއްވެސް ގޮތެއް
ތިގޮތަށް ކުރާ ހުރިހާ ކަމެއް ފަސްލައި، ނުދައްކަން ފޮރުވިޔަސް
ދެކޮނޑުގެ މަލާއިކަތުން ނެތޭ، ނުލިޔުއްވަވާ ހަމަ އެއްކަމެއް