Support Us

ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކޯސްޓުގާޑުން ކުރަނީ. -ފޮޓޯ: އެމް.އެން.ޑީ.އެފް

ގެއްލުނު ބިދޭސީ މީހާ 48 މީޓަރު އަޑީގައި މަރުވެފައި އޮއްވާ ނަގައިފި

މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި އަލިފާން ރޯވެ، ލ. ގަމު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި އެ ދޯނިން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ 48 މީޓަރު ކަނޑު އަޑީގައި މަރުވެފައި އޮއްވާ ނަގައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި، އެޕޯލޯގެ "ވިންދު" ދޯނިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނުނީ އެ ސަރަހައްދުގެ 48 މީޓަރު އަޑިން ކަމަށާއި މިހާރު އެ މީހާގެ ހަށިގަނޑު ލ. ގަމު ރީޖަނަލް ހޮސްޕިޓަށް ގެންގޮސްފައިވާ ކަމަށެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު މިއަދުު ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ މަރުވެފައި ކަމަށެވެ. އަދި އަލިފާނުގެ އެ ހާދިސާއާ ގުޅިގެން އެކިވަރުގެ އަނިޔާ ލިބުނު އިތުރު ހަތަރު މީހަކަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމަށް މިއަދު މެންދުރުފަހު ލިބުމާއެކު އެ ސަރަހައްދަށް ގޮސް، އެ ދޯނީގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލައިފަ އެވެ.

ލ. ގަމު ތުނޑީ ސަރަހައްދު ބޭރުގައި އޮތް އެ ދޯނިން ދަތުރު ކުރީ 10 މީހުންނެވެ. އެއީ ދިވެއްސަކާއި ނުވަ ބިދެސީންނެވެ.

"އެ ދޯނީގައި ހިފާފައިވާ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައި،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ގަމުގެ ހުޅަނގުން 3 ނޯޓިކަލް މޭލު ބޭރުން "ވިންދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ ފެތިގެން ދޯނީގައި ހުރި ބައެއް މުދާ އޮޔާ ދާތީވެ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
މި ދޯނި ފެތިފައިވާއިރު ދެފެން ދޭތެރޭ އޮޔާ ދާ ތަކެތީގެ ތެރޭގައި ތާނގީ، ލަކުޑި ފަދަ ތަކެތި ހިމެނޭ ކަމަށާއި މިގޮތުން ރޭގަނޑުގެ ވަގުތުގައި އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *