ހިތުތެރޭގައި އުޅުނު ނަމަވެސް ހިތުގެ ތިޔައީ ޡާލިމެއް
އިތުރު ވޭނާ އަދި ތުރާލާ ބަލި ހިތަށް ދޭ ޡާލިމެއް
ހިއްތަމުން ލޯބީގެ އިހްސާސް، ހިތުތެރޭގައި މަޑުމަޑުން
އުއްތިކުރި ޖަޒުބާތުގައި ތިޔަ ލޯބިވާއީ ޚާދިމެއް
މެންދަމާ ހެނދުނާ ހަވީރާ، ޚިޔާލުގައި ތިޔަ ހޭދަވާ
އަންދަނީ އިޝްޤީ ހަރާރަތު، މަސްތުކުރުވާ ބީހުމެއް
ހިތުގެ ހުރިހާ ވިންދުތައްވެސް މިލްކުކޮށްފައިވާކަމުން
މިތުރަކީ މިހިތާ ޙަވާލުވެ ހުރި ބުނަންހޭ ހާކިމެއް
ޒަޚަމުތައް ލޯބީގެ ބަދަލަށް، ދިން ކަމަކު ހިނިތުންވެފައި
ޒަހަރު ތަށިތައް ބޯން ހިތަށް ތިޔަ ކުރުވަނީ ތާ ލާޒިމެއް
ކޮންމެ ވިންދެއް، ކޮންމެ ނޭވާއެއް ވަނީ ތިޔަ ނަންމަތީ
ކޮންމެ ހިއްސެއް އެދި ގޮވާ ތިޔައީ ހިތުގެ ކަރުހިއްކުމެއް