Support Us

ހުޅަނގަކީ ދޮގުތަކުގެ އިމްބަރާޠޫރިއްޔަތެއް: ރޫސީ ޚާރިޖީ ވަޒީރު

ހުޅަނގުގެ ބާރުތަކަކީ "ދޮގުތަކުގެ އިމްބަރާޠޫރިއްޔަތެއް ކަމަށް ރޫސީ ޚާރިޖީ ވަޒީރު ސަރްގީ ލެވްރޯވް ރޭ ސިފަކުރައްވައިފިއެވެ.

ރޫސީ ޚާރިޖީ ވަޒީރު ލެވްރޯވް މި ބަޔާންދެއްވީ ނިވްޔޯކްގައި އދ މަޖިލީހުގެ ތެރޭގައި ޔުކްރޭނާއި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް ތާއީދު އެއްކުރުމަށް ހަފުތާއެއްހާ ދުވަސްވަންދެން މަސައްކަތްކުރުމާ ވިދިގެންނެވެ.

ލަވްރޯވް ތުހްމަތު ކުރެއްވި ގޮތުގައި ޔުކްރޭނަށް ތާއީދު ހޯދައިދިނުމަށް ޓަކައި ހުޅަނގުން ދުނިޔޭގެ ދެކުނުގެ ޤައުމުތަކަށް ހުށައަޅަމުންދާ ހުށައެޅުންތަކަކީ އިސްތިޢުމާރީ އައު ވިސްނުމެއްގެ ދަށުން ހުށައަޅާ ހުށައެޅުންތަކެކެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ހުޅަނގުގެ ބާރުތަކަކީ "ދޮގުތަކުގެ އިމްބަރާޠޫރިއްޔަތެކެވެ."

ގޮވާމުގެ މަސްއަލަ

އަނެއްކޮޅުން ބަލާއިރު އދގެ އަމީން ޢާންމު އެންޓޯނިޔޯ ޣުޓެރެޝް އޮގަސްޓް މަހު ރޫސީ ޚާރިޖީ ވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ރަޝިޔާގެ ގޮވާމާއި ކާދު ބޭރުކުރުމަށް އެހީވެދިނުމަށް ޓަކައި ހަތަރު އިޖްރާތެއް ހުށައަޅުއްވައިފައިވާ ކަމަށް ލެވްރޯވް ވިދާޅުވިއެވެ. އެއީ ޔުކްރޭންގެ ގޮވާން ބޭރުކުރުމާ ބެހޭ ކަޅުކަނޑުގެ އެއްބަސްވުމަށް ރަޝިޔާ އިޢާދަކުރެވޭތޯ ހުށައެޅުއްވި ހުށައެޅުއްވުންތަކެކެވެ. މި އެއްބަސްވުމުގެ ސަބަބުން ޔުކްރޭނަށް އެ ޤައުމުގެ ގޮވާންތައް ބޭރުކުރެވޭނެ މަގު ރަޝިޔާއިން ތަނަވަސްކޮށްދިން ނަމަވެސް ރަޝިޔާގެ ގޮވާމާއި ކާދު ބޭރުކުރުމުގެ މަގަށް ހުޅަނގުން ވަނީ ހުރަސްއަޅައިފައެވެ.

ލެވްރޯވް ވިދާޅުވިއެވެ. "އަހުރެމެން އަމީން ޢާންމަށް އޭނާގެ ހުށައެޅުއްވުންތަކުގެ ފައިދާއެއް ނެތްކަން ދެންނެވީމެވެ. އަހުރެމެން އެ ހުށައެޅުއްވުންތަކާ ދެކޮޅެއް ނަހަދަމެވެ. އެހެނަސް އެއީ ޙަޤީޤަތާ އެއްގޮތް ވާހަކަތަކެއް ނޫނެވެ. އެ ހުށައެޅުއްވުންތައް ތަންފީޒެއް ނުކުރެވޭނެއެވެ."

ލެވްރޯވް ހާމަކުރެއްވި ގޮތުގައި ކިޔީވުން ފަތުރަމުންދާ 10 ނުކުތާގެ ޞުލްޙަޔާ ބެހޭ މަޝްރޫޢަކީ "އެއްގޮތަކަށް ވެސް ޢަމަލީ" އެއްޗެއް ނޫނެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނުންނާއި ހުޅަނގުން މި މަޝްރޫޢުގައި ހިފަހައްޓަމުންދާނަމަ އަރާރުން ނިމޭނީ ހަނގުރާމައިގެ މައިދާނުގައެވެ.

ލެވްރޯވް ވިދާޅުވިއެވެ. "މޮސްކޯ ކަޅުކަނޑުގެ ގޮވާމާ ބެހޭ މުޢާހަދާއިން ވަކިވީ ރަޝިޔާއަށް ވެފައިވާ ވަޢުދުތައް ފުއްދައިދީފައިނުވާތީއެވެ. އޭގެތެރޭގައި ރަޝިޔާގެ ދަނޑުވެރިކަމާބެހޭ ބޭންކާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތައް އުވާލުމާއި އެ ބޭންކް ދުނިޔޭގެ ސްވިޓް ނިޒާމަށް އިޢަދަ ކުރުން ވެއެވެ. މިއިން އެއްވެސް ވަޢުދެއް ފުއްދައިފައެއް ނުވެއެވެ."

މި އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން ޔުކްރޭނުން ވަނީ 33 މިލިޔަން މެޓްރިކް ޓަނުގެ ގޮދަން ބޭރުކޮށްފައެވެ. ރަޝިޔާއިން ތުހްމަތު ކުރާގޮތުގައި މީގެތެރެއިން ބޮޑު ބައެއް ދިޔައީ ހުޅަނގުގެ ޤައުމުތަކަށެވެ. ފަޤީރު ޤައުމުތަކަކަށް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *