Support Us

"އަލްވަރުދަތުއްސައުދާ"

މިއީ ދުނިޔޭގެ ޖަންނަތެކޭ، އެއިން ހުރިހާ އަރާމެއް ދޭ
މިއީ "އަލްވަރުދަތުއްސައުދާ" ނަމެއް ކަމުގައި ކިޔައި ވެސް ދޭ
މި އީމާނުން ހިތަށް އަބަދަށް އުފާވެރިކަން ގެނެސް އެބަދޭ

މުޤާބިލުވީ ވަގުތު ފުރަތަމަ، އެ ދިން ލުއިލުއި ވި އޮފުދާރުން،
ނުޤާބިލުކަމެއް ކުޑަވެސް ނުވާހެން ކޮށްލި ހޭހަމަކުން،
އުނގަށް އިޙުސާސުވީ އަސަރުން އެ ކަން އަބަދަށް ހަނދާންކޮށްދޭ

ތަބައްސުމް (ރީތި ހިނިތުންވުން)، ނަޒަރު ސީދާވެލާ ހިނދުގައި
ތުނބަށް އަދި އަންނަ ފަރި ޙަރަކާތް، ހިތަށް "ޒަޚަމެއް" ލިބޭ ގޮތުގައި
ނުބައްސަން ޖިސްމު ހުއްޓަސްވެސް ނަފުސް މައިތިރި ނުއެއް ކޮށްދޭ

ނުވޭ ނުރުހުމުގެ ކުޑަކުޑަވެސް، ޝުޢޫރެއް އޭގެ ކުލައެއް ވެސް
ނުވޭ ކުލުނާ މަވައްދަތު ނޫން އެހެން އެއްޗެއްގެ ޒައްރެއް ވެސް
އުވޭނެ ގޮތެއް ނެތޭ ވަޢުދާ ޢަހުދުތައް އަބަދު އާކޮށް ދޭ

ޝަބާބުގެ ތޫނު ސިގްނަލްތައް ދިމާއަށް އަންނަ ހިނދު މިހިތަށް
ޢަބާއިން ކިހިނަކުން ރެކެވޭނެނީ…..؟ ނުވެޔޭ އެ ކަން އެ ގޮތަށް
ވަބާއެއްހެން އައިސް މުޅި ހިތް އެއިން އެކުގައި "ޒަޚަމުކޮށްދޭ"

ވަނާތައް ރީތި ހިތްގައިމޭ، މަނާނުވުމުން އެކަން އެނގިދޭ
އަނާގެ ހިތަށް ތަސައްލީ ދޭ، ކަޅާ ދޮންކަމުގެ ފަރަގު ފެނިދޭ
ހަނާ މިވަނީ މަގޭ ނަފުސޭ، ސަނާއިން ލަފުޒު އޮހިގެން  ދޭ

ހުދަންބަރަކީ އެވެސް ގޮމައެއް، މަ ދަންނަ ގޮތުން އެއީ ހުވަނދެއް
ގުދަންތައް އޭގެ ބައިވަރަކުން ފުރަން މުހުތާދުވާ މުދަލެއް
ނުދަންނަކަމަށް ވިޔަސް ގޮމައެއް، ވަހުން ހިތްތައް އުފާ ކޮށްދޭ

ވަޔާ ވިހުރޭ ހިނދުން "ޝަޢުރުން މުޞައްފަފް" ރީތި ޙަރަކާތްތައް
ގަޔާވެވިގެން އެޔަށް ކުރުނީސް ކުރަން ބޭނުންވެޔޭ އަބަދަށް
ޙަޔާތުގެ މުޅި ވުޖޫދު އޮތީ އެ ބާރުންކަން ރަމުޒު ކޮށްދޭ

ހުދެއް ހަމަ ބޭނުމެއް ނުވެޔޭ، އަރާމާ ޢައިޝު ހޯދާކަށް
ހަނދެއް ވެސް އަދި ކަމަކު ނުދެޔޭ، ތެދޭ ޢިޝްޤީ ސަމާސާއަށް
ތެދެއް މި ބުނީ އެއީ "ޙޫރެއް" އެދޭ ހުރިހާ އަރާމެއް ދޭ

ޚިޔާލަށް އަންނަމުންދާ ރާޅު ޢިޝްޤީ އޭގެ ލައްޒަތުގައި
ހިޔާ ލިބުމަށް އަދައިގެން ލިބުނު މަތިވެރިވީ އެ ފުރުޞަތުގައި
ހިޔާވަހިކަން ލިބުނު ހިނދު ކަންހިނގައި ދިޔަ ގޮތް ހަނދާން ކޮށްދޭ

ދުށުން އަބަދަށް އެދޭނީ ވެސް ޙަޔާތުގެ ލޯބި ކަންވާރޭ
ފުށުން ޖިސްމަށް މަގޭ ލިބެނީ އެޔަށް ބޭނުންވި އަންވާރޭ
ކުށުން ވެ ބަރީއަ އަދި މި ހިނދަށް ސަލާމަތް ރޫޙު އެބަކޮށްދޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *