ހިތްފުރިއްޖޭ އުފަލުން ހަނދުމަތަކެއް ބޮސްދިނުމުން
ވިންދު ހީނލައިފި ހިމޭން ރޯޅިފަށެއް ބީހިލުމުން
ރާޅުފޮނުގައި އެވިދާ ހުދުކުލައާ ރިހި ދަޅަތައް
ފާޅު އެކުރާ ހަނދުމައިން ރާގު ހިތުގެ ރޫޅިލުމުން
ގުދުރަތީ ތަންމަތިއެޅި ހުދުވެލި ދޮން ފަސްގަނޑުގައި
ގަދައަވީގައި ވަޅުލެވި އުޅުނު ހަނދާން އާވެލުމުން
ރޫހުގައި އޭރު ފުރާވަރުގެ މަޒާދިން އުފަލުން
މޫދުގައި ބަކައެޅި ބާނީގެ ފޮޓޯ ކުރެހިލުމުން
ކަނޑުކޮޅުން އެހެރަ ނަގާ ބޮޑުރާޅުގެ ކޮނޑުތަކުގާ
ގޮނޑުދޮށަށް އުފުލި ފިލާތަކުގެމަތިން ހީވެލުމުން
ފަޅުމަތީގައި ކުޅެމުން ޒީނަތުގައި ދުވެއެއުޅޭ
ކަޅުއޮށާ އުނިޔަތަކާ ތޮޅުނު ޒަމާން ނިއުޅިލުމުން
ހާދަ ރިހުމާއި ތަދާ ދީފި މެޔާ ހިތުގެ ފުނަށް
މާދުރަށް ދެވުނު އެ މާޒީގެ ދެލޯ ހުޅިވިލުމުން
މީހިތުން ދުވަކު ނުފިލާނެ ހަނދާނެއްތާއޭ
ހީވިޔޭ ހިތުގެ ބަތާނައިގެ ރިހުންތައް ހިލުމުން