Support Us

މިއަދު ވެސް 143 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑް19 ޖެހިގެން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވެ، މިއަދު ވެސް 143 މީހުން މި ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

މި ބަލި ފެތުރޭ މިންވަރު އެންމެ ބޮޑަށް އިތުރުވާނެ ކަމަށް ލަފާކޮށްފައި ވަނީ މި އޮގަސްޓް މަހުގަ އެވެ. ނަމަވެސް ބަލިޖެހޭ މިންވަރު ޖެހިޖެހިގެން ދެ ދުވަހު 100 އިން ދަށްވެފައި ވަނިކޮށް އަނެއްކާ ވެސް މިވަނީ ކުރިން އޮތް މިންވަރަށް އިތުރުވާން ފަށައިފަ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި 143 މީހުންގެ ތެރޭގައި ހިމެނެނީ 107 ދިވެހިންނާއި 28 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ހަ މީހެއްގެ އިތުރުން ނޭޕާލް ދެ މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އެގޮތުން އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން ދެފަހަރެއްގެ މަތިން އަދަދު ދަށަށް ދިޔަ ނަަމަވެސް އެ އަދަދު އަނެއްކާވެސް އަދަދުތައް މިވަނީ މުޅިން ވެސް ސަތޭކައިން މަތީގަ އެވެ.

މިބައްޔަށް މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި މާލޭސިޓީގައި ދިރިއުޅޭ 140 މީހުންގެ އިތުރުން އަތޮޅުތަކުން ތިން މީހެެއް ހިމެނެ އެވެ. މިހާރު މިބަލި ޖެހުނު މީހުުންގެ އަދަދު ވަނީ 5041 އަށް އަރައިފަ އެވެ. ޕޮޒިޓިވް ކޭސްތަކުގެ ގޮތުގައި 2218 ހިމެނޭއިރު 140 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *