Support Us

ތުރްކީން ގޭހާބެހޭ ބިނާރު ފުޅައު ކުރަނީ

ތުރްކީން އެ ޤައުމުގެ ގޭހާބެހޭ ބިނާރު ފުޅައުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާން ނިންމައިފައިވާ ކަމަށް ތުރްކީގެ ހަކަތަޔާ ބެހޭ ވަޒީރު އަލްބު އަރްސަލާން ބައިރަޤްދާރު މިއަދު ހާމަކުރައްވައިފިއެވެ. 

ރަޝިޔާއިން މި ދިޔަ އަހަރު ވަނީ ތުރްކީގައި ގޭހާބެހޭ މަރްކަޒެއް ޤާއިމުކުރުމަށް ހުށައަޅައި އެކަމާ ބެހޭގޮތުން ވާހަކަދެއްކުންތައް ފަށައިފައެވެ. އެހެނަސް ތުރްކީއަށް އައި ބާރުގަދަ ބިންހެލުންތަކާއި އޭގެފަހުން މޭމަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ސަބަބުން އެ ވާހަކަދެއްކުންތައް ވަނީ މަޑުޖައްސައިލެވިފައެވެ. މިއީ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރޫސީ ގޭސް ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުން ހުއްޓައިލައިފައިވާތީ ރަޝިޔާގެ ގޭސް ތުރްކީ މެދުވެރިކޮށް އެ ޤައުމުތަކަށް ވިއްކުމަށް ޓަކައި ރޭވުނު ބަދީލީ މަޝްރޫޢެކެވެ.

ތުރްކީން ނިންމައިފައި ވަނީ ގޭހާބެހޭ ބިނާރު ތުރްކީގެ ހުޅަނގު އުތުރު ސަރަޙައްދެއް ކަމުގައިވާ ތަރާޤިޔާ ސަރަޙައްދުގައި ޤާއިމު ކުރުމަށެވެ. ތުރްކީގައި ގޭސް ނައްކައުކޮށްފައި ބަހައްޓާނެ މަރްކަޒެއް ސެލްފްރީ ގައި ޤާއިމު ކުރުމަށެވެ. މި މަޝްރޫޢުގެ ދަށުން ދިޔާ ގޭސް ބޭރުކުރާ އިސްޓޭޝަންތައް ގުޅައިލުމަށެވެ. 

ތުރްކީގެ ވަޒީރު ބައިރަޤްދާރު ނޫސްވެރީންނަށް ބުރާސްފަތި ދުވަހު ވިދާޅުވިގޮތުގައި އަޒަރުބައިޖާނާއި އީރާނާއި ރަޝިޔާއިން އަންނަ ތެޔޮތައް  ޖަމާކުރެވޭނީ މި މަރްކަޒުގައެވެ. 

އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ތަރާޤިޔާގައި ނިޔްކްލިޔަރ ހަކަތައިގެ އިސްޓޭޝަނެއް ހެދުމާބެހޭގޮތުން ޗައިނާއާއެކު އެއްބަސްވުމެއްގައި ވަރަށް އަވަހަށް ތުރްކީން ސޮއިކުރާނެއެވެ. އޭނާ ވިދާޅުވިގޮތުގައި މިކަމާބެހޭގޮތުން ޗައިނާގެ ކުންފުންޏަކާއެކު ބޭއްވެމުންދާ ވާހަކަދެއްކުންތައް ނިމުމަކާ ހަމައަށް އައުން ވަރަށް ކައިރިވެއްޖެއެވެ. ހައެއްކަ މަސްދުވަހުގެ ތެރޭގައި މި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އުންމީދު ކުރެވެއެވެ. 

ތުރްކީ ސައިލް މަޝްރޫޢު

ތުރްކީގެ ރައީސް އުރްދުޣާން ވިދާޅުވެފައިވާ ގޮތުގައި ރަޝިޔާގެ ގޭސް ތުރްކީއަށާއި ޔޫރަޕަށް ފޮނުވުމަށް ޓަކައި ރޭވިފައިވާ މި މަޝްރޫޢަކީ އެ ދެ ޤައުމުގެ ގުޅުމަށާއި ހަކަތައިގެ މަގުޗާޓަށް ބަލާއިރު ވަރަށް ތާރީޚި މަޝްރޫޢެކެވެ.

ރަޝިޔާގެ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ތުރްކީގައި  ޤާއިމުކުރުމަށް ހަމަޖެހިފައިވާ މަޝްރޫއަކީ ޢަމަލީ މުހިއްމު މަޝްރޫޢެކެވެ. އެއީ ރަޝިޔާގެ ގޭސް ޔޫރަޕަށް ގެންދިޔުމަށް ރޭވިފައިވާ ބަދީލީ މަޝްރޫޢެކެވެ. 

ތުރްކީގައި ރަޝިޔާގެ ޤުދްރަތީ ގޭސް ކަނޅުކަނޑު ހުރަސްކޮށް ގެންދިޔުމަށް ޓަކައި ނޫ ސައިލު ނަމަކަށް ކިޔާ މަޝްރޫޢާ ބެހޭ ބިނާރަކާއި، އަޒަރުބައިޖާނު ކޮޅުން އަންނަ ގޭސް ޔޫރަޕަށް ގެންދިޔުމަށް ޓަކައި ތުރްކީ ސައިލް ނަމަކަށް ކިޔާ މަޝްރޫޢާ ބެހޭ ބިނާރެއް ޤާއިމުކުރެވިފައިވެއެވެ. ތުރްކީގެ އޮންނަ ހިސާބުގެ ސަބަބުން އެ ޤައުމަށް ލިބިފައިވާ ޖިޔޯއިޤްތިޞާދީ އިސްތިރާޖުގެ ސަބަބުން ކުރިމަގުގައި އިސްރާއީލަށާއި އީރާނަށާއި ޢިރާޤުފަދަ ޤައުމުތަކުގެ ގޭސް ޔޫރަޕަށް އެތެރެކުރުމަށް ދޮރު ހުޅުވިގެންދާނެއެވެ. 

ތުރްކީ ސައިލްގެ މަޝްރޫޢުގައި ގޭސް ގެންދިޔުމަށް ދެ ހޮޅިއެއް ހިމެނެއެވެ. އެއް ހޮޅިއަކީ ތުރްކީއަށް ބޭނުންވާ ގޭސް ފޮނުވާދޭ ހޮޅިއެވެ. ދެވަނަ ހޮޅިއަކީ ރޫސީ ގޭސް ތުރްކީތެރެއިން ލައިފާ ޔޫރަޕަށް ގެންގޮސްދޭނެ ހޮޅިއެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *