Support Us

މިހާރު ދެން ޔަގީން ކަށަވަރުވެއްޖެ

އިންޑިއާ "ގޮނޑިކޮއްކޮ ސަރުކާރެއް" މިތާ ހިނގަމުންދަނީ
އިންތިހާޔަށް ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަނީ

އިންޑިއާ ނޫނަސް އެތައް ގައުމުގެ ސަފީރުންވެސް ތިބީ،
ވިންދު މައްޗަށް ގޮސް މިގައުމުގެ އިންތިޚާބާ ނުބެހެނީ

ކެބިނެޓާ އަދި، ނޫސްވެރީންނާ އެންބަސީ އަށް ގެންދަވާ،
އެކި ކަހަލަ އިންޒާރުދޭ! ހައިސިއްޔަތެއް، މި ނުވިސްނެނީ

ކާރުކޮޅުގައި ނުވަދެވޭ ގޭޓެއް ނެތޭ ސަރުކާރުގައި،
ދާޚިލީ ކަންކަމުގެ ތެރެއަށް ގަދަހަދާފައި ވަންނަނީ

ޕާލަމެންޓާ ނޫސްވެރިންނާ، ރައްޔިތުންނަށް ފޮރުވަމުން،
ބާރަމަސް ވާންދެން ނުދެއްކި ސިޓީތަކެއް އަދު ދައްކަނީ

ޖެނެރަލުން ނެރެގެން ކުޅުއްވާ ދޮގު ޑުރާމާ ޑައިލޮގެއް،
ރައްޔިތުން މިއަދަކު އަޑެއް ނާހާނެކަން ވެސް ނޭނގެނީ

ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާ އަތްބާނަނީ،
ޚާރިޖީ މިތަނުގެ ވަޒީރުގެ ބަސްފުޅެއްވެސް ނުއިވެނީ

މިލިޔަނުން ދޭހާ ޑޮލަރު، ވާއެއް ނުވާއެއް ނޭނގެނީ
މިތިބަ ނިކަމެތި ރައްޔިތުންގެ "ލޮލަށް ބޮލަށް" އަރަމުންދަނީ

"ގައުމު މިއޮތީ އިންޑިއާ އަތްދަށުވެ، ވިކި ގޮސް ހުސްވެފާ،
ގައުމުގައި އަދު އިންޑިއާ މިއުޅޭ ގޮތުން ކަށަވަރު ވަނީ"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *