ޙަޔާތެއް އާއުފާވެރި ލިބޭނީ އަދު ކިހިނަކުންބާއޭ
ގަޔާވެވިގެން އެކީއެކުގައި އުޅޭނީ ކިހިނަކުންބާއޭ
ވަފާތެރި ލޯތްބަކަށް އިތުބާރު ދޭން ނޭގެނީބާއޭ
ތަފާތު ޚިޔާލު ލިބިގެން ބަދަލު އެވަނީ ކިހިނަކުންބާއޭ
އެހާއަވަހަށް ޒަވާޖީ ގުޅުން ކެޑުމީ އާދައެއް ބާއޭ
މިހާރުގެ މީހުނަށް ޖެހޭމީ ބައްޔަކަށް ނުވެދާނެބާއޭ
ޒަމާނީ ހަމަތަކާ މިނިވަންކަމުން ވީ އައިކަމެއްބާއޭ
އަމާނާތެއް ކަމަށް ޒަމާނީ ފޮތްތަކުން ނޭގެނީބާއޭ
މަޤާމާ ދަރަޖަ މަތިވެރިވުން އެދޭތީ ވާކަމެއްބާއޭ
ޒަމާން ގެނުވާނެ ބަދަލުން މޭލިވާކަން ނޭގެނީބާއޭ
ބަގީޗާގައި މަލެއް ފޮޅުމުން އެތާ މާބުރު އުޅޭތާއޭ
ޙަޤީގަތް ނޭގިހުރެ ބިދެލުމަކީ ވެވޭ މޮޔަ ކަމެއްބާއޭ
މަލެއްގެ ޢަޒީޒުކަން ނޭގޭބަޔަކު ވެސް އަދު ތިބީތާއޭ
ކަމެއް ލޯބިން ކުރަންމިބަޔަކު އުޅޭނީ ކިހިނަކުންބާއޭ
ހިތެއްގައި ރަޙުމު ނެތުމުން ދެންދެނީ އަނިޔާތަކެއްތާއޭ
ފިތެން އަނިޔާތަކަށް އަބަދަށް ތިބޭނޭ ހަމަ ހީވަނީބާއޭ
