ބީހިލަން ވައިރޯޅި ހޯދާހޭ؟ ތިބާގާތުން އިޖާޒަތު
ލޭ ހިލޭ ހިނދު ހަމުގެ ބޭރުން، ހޯދިފައިވޭހޭ ހިމާޔަތު
މަގުމަތިން ދާއިރު ބަލައިފައި ހީލަމުން އެއްލޯމަރާ
ވަގުވަގަށް ވަނުމަށް ހިތަށް ތާ؟ ކޮށްލަނީ އިޝްޤީ އިޝާރަތު
ފިރުމަމުން މަސްތެއްގެ އޮއިވަރު ދާ ހިނދުން ހިތު ވިންދުގާ
ބިރު ހިތަށްވަދެ ލޯ މަރައިގެން އޮވެލުމީ ހެއްޔޭ؟ ޝަރާފަތު
އިޝްގު ހޭލައި ހިތުގެ ޖަޒުބާތަށް ގެނައި ހަލަބޮލިކަމުން
ކަޝްފުކޮށްލީ ހިތުގެ ފަރުދާ ތުންފަތުން ފެނުނީ އަލާމަތު
އެއްމަލުން ފޮނި ބޯލުމަށްފަހު، ތިރި އަނެއްމަލަކަަށް ކުރާ
އެއްމެ މާބުރަކަށް ވިޔަސް ތިޔަ ލޯބިވާނޭހޭ؟ ލަޔާޤަތު
ހީލަމުން ކުރިހާ ސަމާސާ ހަނދުމަނެތި ފަސްއެނބުރުމުން
ސާލު ލައިގެން ހަމަހިމޭނުން ހިތްކުރަންވީހޭ؟ ޝިކާޔަތު